ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާން ވިނަނޮޅާ ސާފްކުރުމާއި ގަބުރުސްތާން ވަށާފާރު ބޯޑަރުގައި ކުލަލުން

       ހދ.ނެއްލައިދޫ ގަބުރުސްތާން ވިނަނޮޅާ ސާފްކުރުމާއި ގަބުރުސްތާން ވަށާފާރު ބޯޑަރުގައި ކުލަލުމުގެ  މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރ: (IUL)263/263/2021/36 އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ ، އަލުން ފުރުސަތު ހުޅުވާލަމެވެ.

 

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 2021 ޖޫން 28 ވާ ހޯމަ  ދުވަހުން ފެށިގެން  2021 ޖުލައި 05 ވާ  ހޯމަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 14:00 އަށް މި ކައުންސިލަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން ނުވަތަ ބިޑް ރަޖިސްޓްރޭޝަން ފޯމް ލިންކް  https://forms.gle/ZPSTdAoXeK4Cd71NA މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި  2021 ޖުލައި 06 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

 

          އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 2021 ޖުލައި 15ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ނެއްލައިދޫ ކައުންސިލް އިދާރާގައެވެ.

 

    މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2021 ޖުލައި 06 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

           މިހެންވެ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

28 ޖޫން 2021
ހޯދާ