ކުޅުދުއްފުށީ ކެމްޕަސް/ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެމް.އެން.ޔޫ. ކުޅުދުއްފުށީ ކެމްޕަސް: އޭ އަދި ބީ ބްލޮކްގެ ފުރާޅު މަރާމާތުކުރުން - 3

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހދ.ކުޅުދުއްފުށި ކެމްޕަހުގެ އިމާރާތްތަކުގައިވާ މި ދަންނަވާ މަސައްކަތްތައް ކުރުމަށް ބޭނުންވެގެން 01 ޖޫން 2021ގައި ކުރި އިއުލާން (MNU-KC/2021/06) އަށް ހުށައަޅާފައިވާ އެސްޓިމޭޓްތަކަކީ އެކަށީގެންވާ އަގަށްވުރެ ބޮޑު އަގަކަށްވާތީ، އެ އިއުލާން ބާޠިލުކޮށް އަލުން އިއުލާންކުރީމެވެ.

  1. 1.     އޭ ބްލޮކުގެ ފުރާޅުގައި ދަވާދުލުމާއި، ދިޔަދޮވި މަރާމާތުކުރުން އަދި ނަލަފިލާ މަރާމާތުކުރުން.
  2. 2.     ބީ ބްލޮކުގެ ފުރާޅުގައި ދަވާދުލުމާއި ދިޔަދޮވި ބަދަލުކުރުން.

 މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖޫން 29 ން 2021 ޖުލައި 05 އަށްބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މި ކެމްޕަހުގެ ފޯނު ނަމްބަރު 6527761 އަށް ގުޅައި، ނަންނޯޓް ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2021ޖުލައި 06 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މި ކެމްޕަހުގެ އީމެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.

ތަފްސީލު

ތާރީހް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

07 ޖުލައި 2021

09:30

އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް

އަންދާސީ ހިސާބު ހުށައެޅުން

13 ޖުލައި 2021

09:30

އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް

ނޯޓު: ބީލަމުގެ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ އަދި ބީލަން ހުށަހެޅުއްވޭނީ ދެވިފައިވާ މުއްދަތުގައި ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ބީލަން ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

28 ޖޫން 2021
ހޯދާ