ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭ ސުކޫލް ޚިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތަޢުލީމް ތަރައްޤީ ކުރުމަށް އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރަތްތައް ކުއްޔަށް ދިނުން

ޕްލޭ ސުކޫލް ޚިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތަޢުލީމް ތަރައްޤީ ކުރުމަށް އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރަތްތައް 20 އަހަރު ދުވަހަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 27 ޖޫން 2021 (އާދީއްތަ) ދުވަހުގެ 18:00 ން ފެށިގެން 04 ޖުލައި 2021 ވާ (އާދީއްތަ) ދުވަހުގެ 14:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ ނަމްބަރ 6527177 އަށް ގުޅުއްވައިގެން، އޮންލައިންކޮށް ތިރީގައިވާ ލިންކް ނުވަތަ ކިއު އާރު ކޯޑުގައިވާ ފޯމް ހުށަހެޅުން އެދެމެވެ.

ލިންކް: https://forms.office.com/r/H77aX1zswf

ތަފްސީލް

ތާރީޚް

ގަޑި

މައުލޫމާތު ދިނުން

05 ޖުލައި 2021 ވާ (ހޯމަ)

11:00

އަންދާސީ ހިސާބު ހުށަހެޅުން

05 އޮގަސްޓް 2021 ވާ (ބުރާސްފަތި)

11:00

  

މައުލޫމާތު ދިނުން އޮންލައިންކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި އޮންލައިންކޮށް ބައިވެރި ނުވެވޭނެ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ޕްރޮޕޯސަލް ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. މި އިޢުލާނާއެކު މި ޕްރޮޖެކްޓްގެ މައުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ.

27 ޖޫން 2021
ހޯދާ