ދިވެހިރާއްޖެ
އެއް އަހަރު ދުވަހުގެ މުއްދަތަށް މާލެ ވެސްޓް ހާރބާރ ފުޑްކޯޓުގެ ބްލޮކް 1،2،3،4 ކުނިކަހާ، ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2021 ޖުލައި 04 ވަނަ ދުވަހުގެ 1400 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް، ބީލަން ކަރުދާސް ދޫކުރާނީ 2021 ޖުލައި 04 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2021 ޖުލައި 05 ވާ ހޯމަ ދުވަހު 1400ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ވެސްޓް ހާރބާރ ފުޑްކޯޓުގައި އޮންނާނެވެ.
ނޯޓު: މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދައްނަނަވަމެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2021 ޖުލައި 06 ވާ އަންގާރަ ދުވަހުގެ 1400 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި ލިބިފައިވާ ސުވާލުތަކަށް 2021 ޖުލައި 07 ވަނަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުށަހަޅަންވާނީ އީމެއިލް މެދުވެރިކޮށް، 2021 ޖުލައި 13 ވާ އަންގާރަ ދުވަހުގެ 1400 ގެ ކުރިން [email protected] އީމެއިލް އެޑްރެސް އަށެވެ.
އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ލިބިފައިވާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344321
އީމެއިލް: [email protected]
