ދިވެހިރާއްޖެ
- އަމިއްލަ ތަކެތީގައި މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އޭސީތައް ސާރވިސްކޮށް މަރާމާތު ކޮށްދިނުމަށް ކުރެވުނު ފުރަތަމަ އިޢުލާން (އިޢުލާން ނަންބަރ: (IUL)369-PS/369/2021/61) އަށް ޝައުގުވެރިކަން ހުރި ފަރާތްތަކުގެ އަދަދު މަދުކަމުންނާއި، އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ޝައުގުވެރިކަން ހުރި ފަރާތްތަކަށް އަލުން އެފުރުސަތު ހުޅުވާލަމެވެ. ބީލަމަށް ކުރިމަތިލެވޭނެ ފަރާތްތަކާއި، މިބީލަމާއި ގުޅޭ މައުލޫމާތު މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ބީލަން ފޮތުގައި ވާނެއެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖޫން 27 އިން 2021 ޖުލައި 01 ގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ (ނަންނޯޓް) ކުރެއްވުން އެދެމެވެ. ކައުންސިލަށް ދުރުވެ ރަޖިސްޓަރ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ތިރީގައިވާ ލިންކު މެދުވެރިކޮށް އޮންލައިންކޮށްވެސް ރަޖިސްޓާރ ވެވިދާނެއެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ކުރާ ފަރާތްތަކަށެވެ.
ރެޖިސްޓްރޭޝަން ފޯމްގެ ލިންކް: http://lnnk.in/g7bD
މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖުލައި 4 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2021 ޖުލައި 5 ވާ ހޯމަ ދުވަހުގެ 11:00 ގައި މ.މަޑުއްވަރީ ކައުންސިލް އިދާރާގެ ދަސްވެނި މާލަމުގައި އޮންނާނެއެވެ.
ބީލަން ހުށަހެޅުން އޮންނާނީ 2021 ޖުލައި 7 ވާ ބުދަ ދުވަހުގެ 11:00 އިން 11:10 އަށް މ.މަޑުއްވަރީ ކައުންސިލް އިދާރާގެ ދަސްވެނި މާލަމުގައެވެ. ބީލަން ހުޅުވާނީ 2021 ޖުލައި 7 ވާ ބުދަ ދުވަހުގެ 11:15 ގައި ކައުންސިލް އިދާރާގެ ދަސްވެނި މާލަމުގައެވެ.
މިމަސައްކަތާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ބީލަމަށް ނަންނޯޓް ކުރުމާއި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
މ.މަޑުއްވަރި ، ދިވެހިރާއްޖެ
ފޯން:9775694،6720039
އީ-މެއިލް: [email protected]