ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
އިމާރާތުގެ ދޮރުތަކުގެ ބިއްލޫރި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކޯޓުގެ ދޮރުތަކުގެ ބިއްލޫރިތައް ސާފުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު 145P/2021/22 (10 ޖޫން 2021) އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާހަށް އިޞްލާޙްގެނައުމާއި އިޢުލާނުގެ މުއްދަތު އިތުރުކުރުން

 

ކްރިމިނަލް ކޯޓު ހިނގަމުންދާ 4 ބުރި އިމާރާތާއި 2 ބުރި އިމާރާތުގެ ދޮރުތަކުގެ ބިއްލޫރި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިކޯޓުގެ ނަންބަރު: 145P2021/22 އިޢުލާނާއި ގުޅޭ ބީލަން ކަރުދާސްތަކަށް ވަނީ ބައެއް ބަދަލުތައް ގެނެވިއެވެ. މިބަދަލުތަކާއި ގުޅޭ ބީލަން ކަރުދާސްތައް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

މިބަދަލާއެކު ބީލަމާގުޅޭ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ސުންގަޑިއަކީ 2021 ޖުލައި 04 ވަނަ ދުވަހުގެ 10:00 އެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 2021 ޖުލައި 04 ވަނަ ދުވަހުގެ 11:00 ގައި ކްރިމިނަލް ކޯޓުގައެވެ. ބީލަމާގުޅޭ މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. މިއިޢުލާން މިކޯޓުގެ ވެބްސައިޓް www.criminalcourt.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ.

26 ޖޫން 2021
ހޯދާ