މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރެއްގެ މަޤާމަށް މީހަކު ހޯދުން

އިޢުލާން

 

                                                             ނަންބަރ:IUL)307/INDIV/2021/28)

ޑްރައިވަރ

މަޤާމް:

1 ޓަނަށް ވުރެ ދަށުގެ މުދާ އުފުލާގޮތަށް ހުންނަ ޓްރައިސައިކަލް (ރަށު ޕިކަޕް)

1 ޓަނާއި 2 ޓަނާއި ދެމެދުގެ މުދާއުފުލާ ޕިކަޕް.

ދުއްވަންޖެހޭ އުޅަނދުގެ ބާވަތް:

1 (އެކެއް)

ބޭނުންވާ އަދަދު:

ވަގުތީ (31 ޑިސެމްބަރ 2021 ނިޔަލަށް)

މަޤާމުގެ ގިންތި:

މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރ.އިންނަމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު

 

4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް ރުފިޔާ)

1500.00 (އެންހާސް ފަސްސަތޭކަ ރުފިޔާ)

އަސާސީ މުސާރަ:

ސާރވިސް އެލެވެންސް:

75.00 ރުފިޔާ (މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް).

ހާޞިރީ އެލަވަންސް:

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 13:00 އިން ހަވީރު 17:00 އަށް.

މަސައްކަތް ކުރަންޖެހޭ ގަޑި:

  1. ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.  (އިތުރު ގަޑީގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 50 ރުފިޔާ).

އިތުރު ޢިނާޔަތްތައް:

  1. ރަށު ފެންވަރުގައި  ކުނިމެނޭޖްކުރުމަށްޓަކައި ކައުންސިލްގެ ފަރާތުން ބޭނުންކުރަމުންދާ ވެހިކަލް ދުއްވުމާއި، ވެހިކަލް މަރާމާތުކުރުން.
  2. ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ތެރެއިން ކުނިކޮށްޓަށް ގެނެވޭ އެންމެހާ ކުނިތައް ވަކިކުރުމަށް ލޭބަރުންނަށް އަންގާ އެމަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުން.
  3. ކުނިކޮށީގެ ހާލަތު ބަލައި ކައުންސިލަށް މަޢުލޫމާތު ހިއްސާކުރުން.
  4. ކައުންސިލުން އަންގާ ގޮތެއްގެމަތިން ކުނިތައް ނައްތާލުމުގެ މަސައްކަތް ލޭބަރުން ލައްވާ ކުރުވުން.
  5. ކުނި އުފުލުމަށް ބޭނުންކުރާ ވެހިކަލްގެ އެންމެހާ ކަންކަން ކައުންސިލްގެ ފަރާތުން އަންގާ ގޮތެއްގެ މަތިން ކުރުން.
  6. ކުނި އުފުލާ ވެހިކަލް ގަވައިދުން ދޮވެ ސާފުކުރުމަށް ލޭބަރުންނަށް އަންގާ އެމަސައްކަތް މޮނިޓަރ ކުރުން.
  7. މަސައްކަތުގެ ދާއިރާއިން ކައުންސިލްގެ ފަރާތުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ލިޔަންކިޔަން އެނގުން.
  2. އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ: 1C އަދި C3 އޮންނަ ފަރާތަކަށް ވުން.
  3. ދިވެއްސަކު ކަމުގައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް އިންނަމާދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތުގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ލިބިފައިވާ ތަޢުލީމް.
  2. މަސައްކަތުގެ ދާއިރާގެ ތަޖުރިބާ.
  3. ލިބިފައިވާ އިތުރު ހުނަރުތައް (އިންޓަވިއު).

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ޖުލައި 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 06 ޖުލައި 2021 އާއި 10 ޖުލައި 2021 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580052 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

24 ޖޫން 2021
ހޯދާ