ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދެލީ ޕްރީސްކޫލަށް ކުދިން ވެއްދުމާބެހޭ

10 އޮގަސްޓް 2021 ގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވާއިރު ހުޅުދެލީ ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ. 2021 ވަނަ ދިރާސީ އަހަރަށް މިސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދޭ އުމުރުފުރާ ތިރީގައި އެވަނީއެވެ.

ސްކޫލަށް ވެއްދުމުގެ އުމުރުފުރާ

ކުލާސް

އުމުރުފުރާ

ބޭބީ ނާސަރީ

2021 އޮގަސްޓްމަހުގެ 1 ވަނަ ދުވަހަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން.

ނާސަރީ

2021 އޮގަސްޓްމަހުގެ 1 ވަނަ ދުވަހަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން.

ސްކޫލް ފީ:

މިސްކޫލްގެ ފީ އަކީ ކޮންމެ މީލާދީ މަހަކަށް -/200 ( ދުއިސައްތަ ރުފިޔާ ) އެވެ.

ހުޅުދެލީ ޕްރީސްކޫލްގެ އެޑްމިޝަން ފޯމް އަދި ފޮތް ލިސްޓް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ 27 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ 09:00 ން ފެށިގެން 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް، ސަރުކާރު ރަސްމީބަންދު ނޫން ދުވަސްތަކުގައި ހުޅުދެލީ ކައުންސިލްގެ އިދާރާއިންނެވެ.

            ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

24 ޖޫން 2021
ހޯދާ