ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ހިތަދޫ ޕޯޓް ލިމިޓެޑް

ސ.ހިތަދޫ، ދިވެހިރާއްޖެ

 

 

 

HPL/ I-2021/02ނަންބަރު:

އިޢުލާން

 

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މީހަކުބޭނުންވެއްޖެއެވެ.          

 

 

  1. މަޤާމް:                ސެކިއުރިޓީ މެނޭޖަރ ގރ.1 

ބޭނުންވާ ޢަދަދު:          01

ފެންވަރު ނުވަތަ ޝަރުތު (ތަޢުލީމާއި ތަޖުރިބާ):  

  • މެރީޓައިމް ނުވަތަ ޕޯޓް ރިލޭޓެޑް ދާއިރާގައި މަސައްކަތް ކޮށް މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތެއްކަމުގައިވުން.
  • މުވައްޒަފުން ނެގުމުގައި މަދުވެގެން 1 މަސްދުވަހުގެ ޕޯޓް ފެސިލިޓީ ސެކިއުރިޓީ (PFSO) ކޯސް ފުރިހަމަކޮށް ސެޓިފިކެޓް އޮތްފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 

އިތުރުމަޢުލޫމާތު: މި މަޤާމްތަކަށް މުސާރަ އަދި އިނާޔަތްތަކުގެ އިތުރަށް އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

ސިޓީ ފޮނުއްވުމުގެ މުއްދަތަކީ 28 ޖޫން 2021 ގެ 14:00 ކުރިންނެވެ. ސިޓީ ހުށަހަޅުއްވާއިރު ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީއާއި، ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއިއެކު) ހުށަހަޅުއްވަންވާނެއެވެ. ކުރިން އެހެން ވަޒީފާއެއް އަދާކޮށްފައިވާ ނަމައެތަނަކާއި، އުޅެފައިވާ މުއްދަތު އަދި މަޤާމް އެގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށައަޅާ ލިޔެކިޔުންތައް ބަލައިގަންނާނީ އީމެއިލް އިންނެވެ. އީމެއިލް އިން ލިޔެކިޔުންތައް ފޮނުވަންވާނީ މިކުންފުނީގެ އެޗް-އާރް މެއިލް [email protected] އަށެވެ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުތުހަމަވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 8558 688 އަށް ގުޅުއްވުން އެދެމެވެ.

 

                         14 ޛުލްޤައިދާ 1442

                         24 ޖޫން  2021

24 ޖޫން 2021
ހޯދާ