ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ ޢިޖުތިމާޢީ ސަރަޙައްދު 03 (ތިނެއް) ސާފުކޮށް ބެލެހެއްޓާނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

        ހޯރަފުށީ ޢިޖުތިމާޢީ ސަރަޙައްދު 03 (ތިނެއް) ސާފުކޮށް ބެލެހެއްޓުން ބީލަން ފޮތުގައި ދެވިފައިވާ މަޢުލޫމާތާއި އާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

        މި މިސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލްއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

މުއްދަތު: 2021 ޖޫން 24 އިން 2021 ޖޫން 29 އަށް

ތަން: ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ

ފޯން ނަންބަރު: 6500012

އީ-މެއިލް: [email protected]

އަންދާސީ ހިސާބުގައި ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ލިޔުމުން ހުށަހަޅަންވާނެވެ.

ކުންފުންޔެއް / ވިޔަފާރިއެއްނަމަ

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

ޙައިސިއްޔަތު:

އީމެއިލް އެޑްރެސް.

ގުޅޭނެ މޯބައިލް ނަންބަރު.

އަމިއްލަފަރާތެއްނަމަ

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

އައި.ޑީ ކާރޑް  ނަންބަރު:

އެޑްރެސް:

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

     ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ޖުލައި 04 ވާ އާދިއްތަ ދުވަހުގެ 11:30 ގައި ހޯރަފުށީ ރަށްޔިތުންގެ ރަށްވެހިގެ (އޯކިޑްވިލާ) ކޮންފަރެންސް ހޯލުގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތައް ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45 ދުވަސް އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ކޯޕަރޭޓް އެފެއާރޒް ސެކެޝަން

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ

ހއ.ހޯރަފުށި، ދިވެހިރާއްޖެ

ބީލަމުގެ ނަން: ހޯރަފުށީ ޢިޖުތިމާޢީ ސަރަޙައްދު 03 (ތިނެއް) ސާފުކޮށް ބެލެހެއްޓުން

އިޢުލާނު ނަންބަރު: (IUL)247-CA/247/2021/51

ނޯޓް:

           މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށ ލިބިގެންވެއެވެ.

24 ޖޫން 2021
ހޯދާ