ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ގްރޭޓަރ މާލެ ރީޖަންގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރުތައް ކުރުމަށް ބޭނުންވާ ފެރީ ދޯންޏެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު :WAMCO-PRO/IUL/2021/023
 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ގްރޭޓަރ މާލެ ރީޖަންގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރުތައް ކުރުމަށް ބޭނުންވާ ފެރީ ދޯންޏެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ގްރޭޓަރ މާލެ ރީޖަންގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރުތައް ކުރުމަށް ތިރީގައި މިދަންނަވާ އުޅަނދު ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

1-  01 ފެރީ ދޯނި ( 100 މީހުން އުފުލޭ)

ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މައުލޫމާތު ކަރުދާހާއި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ކަރުދާސް މި  ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

ތާރީޙު

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުން

04 ޖުލައި 2021 (އާދިއްތަ)

11:00

މާލޭ އިންޑަސްޓްރިއަލް ވިލްޖުގައި ހުންނަ ވެމްކޯގެ އޮފީސް

04 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު 11:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804  ، ފެކްސް ނަންބަރު:  3000584 

[email protected]

13 ޛުލްޤަޢިދާ 1442

23 ޖޫން 2021

23 ޖޫން 2021
ހޯދާ