މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

 

   އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ

   ކ. މާފުށި، ދިވެހިރާއްޖެ                                                                  

 

     ނަމްބަރ:WDC/IUL/2021/06

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު: 1

މަޤާމުގެ ގިންތި : ވަގުތީ ( 1 އަހަރުގެ މުއްދަތަށް)

މަޤާމުގެ ރޭންކު: ޖީ.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން : އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން : ކ. މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރާ / ކ.މާފުށި

މުސާރަ: -/4465 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް : ނިކުމެ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/70ރ

އެހެނިހެން އެލަވަންސް: ރިސްކު އެލަވަންސް ( ފައިސާގެ މުޢާމަލާތް ހިނގާ ކޮންމެ ދުވަހަކަށް -/ 25ރ )

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

  1. މާފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރާއަށް އަންނަ ލިޔުންތައް ބަލައިގަނެ އެންޓްރީ ކުރުމާއި ފޯނު ކޯލްތަކަށް ޖަވާބުދިނުން.
  2. ކޮމެޓީގެ ފަރާތުން ކުރުވާ އެންމެހާ މަސައްކަތްތަކުގެ ކަންކަން ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ކޮށް ބެލެހެއްޓުން.
  3. ކޮމެޓީގެ އާއްމު ޖަލްސާތަކުގެ އެޖެންޑާ، ކޮމެޓީގެ ރައީސް ނުވަތަ ހިންގުމާއި ހަވާލުވެ ހުންނެވި މެމްބަރަކު އަންގަވާ ގޮތެއްގެ މަތިން ތައްޔާރުކޮށް 01 ދުވަސް ކުރިއަށްލާ މެމްބަރުންނަށް ފޮނުވުން.
  4. ކޮމެޓީގެ ކުއްލި ޖަލްސާތަކުގެ އެޖެންޑާ، ކޮމެޓީގެ ރައީސް ނުވަތަ ހިންގުމާއި ހަވާލުވެ ހުންނެވި މެމްބަރަކު އަންގަވާގޮތެއްގެ މަތިން ތައްޔާރުކޮށް މެމްބަރުންނަށް ފޮނުވުން.
  5. ކޮމެޓީގެ އާއްމު ޖަލްސާތައް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ޖަލްސާގެ ޙާޟިރީ އަދި ޖަލްސާގެ ނިންމުންތައް ދުވަހުން ދުވަހަށް ސޮއިކުރުވާ، އާއްމުކުރުމާއި އެކު ފައިލްކުރަމުން ގެންދިޔުން.
  1. ކޮމެޓީގެ ފައިސާއާއިބެހޭ ލިއުންތަކާއި ފޮތްތަށް ބެލެހެއްޓުން.
  2. ކޮމެޓީގެ ޕޭމަންޓް ވައުޗަރ ތައްޔާރުކުރުން.
  3. ކޮމެޓީއަށް ހޯދަންޖެހޭ ޚިދުމަތްތަކާއި ،ތަކެތި ހޯދުމަށްޓަކައި ހަދަންޖެހޭ އެންމެހާ ލިޔެކިއުންތައް ހެދުން.

 

  1. މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރާ ހުޅުވާ ލެއްޕެވުމުގެ ކަންތައްތައް ބެލެހެއްޓުން.

 

10.އިދާރީ ޔުނިޓްގެ އެންމެހައި މަސައްކަތްތައް ކޮމެޓީގެ ލަފާގެ މަތިން ކުރުން.

 

11.ކޮމެޓީން ތައްޔާރުކުރަންޖެހޭ އިދާރީ އެކި ރިޕޯޓްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ރިޕޯޓްތައް އެކުލަވާލައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

 

12.ކޮމެޓީގެ މަސައްކަތްތަކާއި ކޮމެޓީގެ ނިންމުންތައް ތަންފީޒުކުރުމާ ގުޅޭ އެންމެހައި އިދާރީ މަސައްކަތްކުރުން.

 

 

13.ކޮމެޓީން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމަކުރުމަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމަށް އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ކޮމެޓީގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

 

 

14. ކޮމެޓީގެ ވާރކް ޕްލޭން އަދި ޙަރަކާތްތައް ތަންފީޒުކޮށް ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

  1. އަދި މިނޫނަސް ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުން ކޮމެޓީގެ ރައީސް، ނައިބްރައީސް އަންގަވާ ކަންކަން ކުރުން.

 

 

މަޤާމުގެ ޝަރުތުތައް:  ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން

 'ޑ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށައަޅާ ސިޓީ

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

5. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖުލައި 1 ވާ  ބުރާސްފަތި ދުވަހުގެ  13:00 ގެ ކުރިން، މާފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭލިޔުންތައް [email protected]  މެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 9538121 ނަންބަރު ފޯނާއެވެ.

 

12 ޒުލްޤައިދާ 1442

                                                        22 ޖޫން  2021

 

 

                                                                                                                                                                                                    

22 ޖޫން 2021
ހޯދާ