ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރުން

 

މި އޮތޯރިޓީން 8 ޖޫން 2021 ގައި ޝާއިޢުކުރި ނަންބަރު: IUL179-3.2/1/2021/19 އިޢުލާނުން، 6 ލޮޕްޓޮޕް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް  ބިޑް ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ  ފުރުސަތު، 1 ހަފްތާއަށް އިތުރުކޮށްފީމެވެ.  

މިގޮތުން މަތީގައި ބަޔާންކޮށްފައިވާ އިޢުލާނުގައިވާ 6 ލެޕްޓޮޕް ވިއްކެވުމަށް އެދި ބިޑްޕްރޮޕޯސަލް ހުށަހަޅުއްވާނީ 1 ޖުލައި 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 އަށް މި އޮފީހަށް ވަޑައިގެންނެވެ.   

އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު ހެނދުނު 11:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ.  

އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ [email protected] އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.

އަންދާސީ ހިސާބުތައް ހުޅުވުމުގެ ބައްދަލުވުމުގައި ހާޒިރުވެ ބައިވެރިވެވަޑައިގެންނެވޭނީ ފުރަތަމަ ހުށަހަޅުއްވާ 5 ފަރާތަށެވެ. އެހެން ފަރާތްތަކަށް ވަރޗުއަލްކޮށް މިބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ.

އަންދާސީ ހިސާބުތައް ބަލައިގަތުން ކުރިއަށްދާނީ 1 ޖުލައި 2021 ވާ ބުރާސްފަތި ދުވަހު ހެދުނު 10:45 އިން ފެށިގެން ތިރީގައިވާ އެޑްރެހުންނެވެ.  

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ                                                  

3 ވަނަ ފަންގިފިލާ، ހ. އޯކިޑް، 

އަމީރު އަޙްމަދު މަގު، މާލެ 

ފޯނު: 3336619

 

12 ޛުލްޤައިދާ  1442 

22  ޖޫން 2021

 

22 ޖޫން 2021
ހޯދާ