އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާގެ ފުރުޞަތު

ތާރީޚް: 22 ޖޫން 2021

ނަންބަރު:  486/1/2021/1006(IUL)

 

އިޢުލާނު

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ތިރީގައިވާ މަގާމްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ޓްރެއިނިންގ އެގްޒެކެޓިވް

ކްލެސިފިކޭޝަން އަދި ގްރޭޑް

 އެގްޒެކެޓިވް އޮފިސަރ ގްރޭޑް 2

ރޭންކް

 އޯޓީޖޭ - ޕީ10

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

 ޓެކްނިކަލް ސަޕޯޓް ޑިޕާރޓްމަންޓް

މުސާރަ:

15,000/-ރ (ފަނަރަހާސް ރުފިޔާ)

ސަރވިސް އެލަވަންސް:

6500/- ރ (ހަހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-     އިންތިޤާލީ އިންސާފުގެ އޮމްބަޑްޕަރސަންގެ އޮފީހުން ހިންގަން ބޭނުންވާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

2-    އިންތިޤާލީ އިންސާފުގެ އޮމްބަޑްޕަރސަންގެ އޮފީހުން ހިންގަން ބޭނުންވާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކު ރެކޯޑްސް ބެލެހެއްޓުން އަދި ޕްރޮގްރާމްގެ އިފެކްޓިވްނެސް ބެލުން

3-    އިންތިޤާލީ އިންސާފުގެ ޤާނޫނަށް މުޖުތަމާޢު ހޭލުންތެރިކުރުމަށް އެކި އެކި  އެވެއަރނަސް ސެޝަންތައް ބޭއްވުން އަދި މީޑިއާ މެދުވެރިކޮށް މުޖުތަމާއު ހޭލުންތެރި ކުރުވުން

4-    އިންތިޤާލީ އިންސާފުގެ ޤާނޫނަށް މުޖުތަމަޢު ހޭލުންތެރިކުރުމަށް އެޑިޔުކޭޝަނަލް މެޓީރިއަލްސް ތައްޔާރުކުރުން.

5-    މީޑިއާ އެޑްވޮކަސީ ކޮންސެޕްޓް ތައްޔާރުކުރުމާއި ހިންގުން.

6-    އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ  އޮފީހުން ހިންގާ ތަޙްޤީޤުގެ އަލީގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތަކުން ، ނިޒާމީ ސިފައެއްގައި  ރާވައިގެން ހިންގާފައިވާ  އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު  ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާލިބިފައިވާ ފަރާތްތަކަށާއި އެފަރާތްތަކަށް އަނިޔާދިން ފަރާތްތަކަށް މުޖުތަމަޢުގައި އިޙްތިރާމާއެކު އެއްބައިވަންތަކަމުގައި އުޅުމުގެ މަގު ފަހިކޮށްްްދިނުމުގެ ގޮތުން، ފަރުވާއާއި އެހީތެރިކަން ދިނުމުގައި އެޑިއުކޭޝަނަލް ކޮމްޕޯނަންޓްތައް ހިމަނައިގެން ޕްރޮގްރާމްތައް ކުރިއަށްގެންދިއުން

7-     އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަން ކަމާ ޚިލާފު ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށްލިބިފައިވާ އަނިޔާތަކާއި ގުޅޭގޮތުން ދިރާސާކޮށް އަންނަން އޮތް ޖީލުތަކަށް އެކަމުން ފިލާވަޅު ލިބޭނޭހެން ހަދާނީ ބިނާ ނުވަތަ ދާރުލްއާސާރުފަދަ ތަންތައް ޤާއިމު ކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކާއި ހަވާލު ކުރުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުން

8-     އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަން ކަމާ ޚިލާފު ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށްލިބިފައިވާ އަނިޔާތަކާއި ގުޅޭގޮތުން ދިރާސާ ކުރުމަށްފަހު  އަކަމާ ގުޅުންހުރި ހެއްކާއި ލިޔެކިޔުންތަކުގެ މައްޗަށް އެ ހާދިސާ ލިޔެ ޝާއިޢު ކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުން

9-     މީގެ އިތުރުންވެސް އޮމްބަޑްސްޕަރސަންސްގެ އޮފީހުގެ މަސައްކަތާއި ގުޅިގެން އޮފީހުން އަންގަވާ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

މަސައްކަތާއި ގުޅޭ ދާއިރާތައް: ޓްރޭނިންގ، ހިއުމަންރިސޯސް، ޕަބްލިކް އެވެއާނަސް އަދި ޓީޗިންގ

 

މަސައްކަތް ކުރަންޖެހޭ ތަން:

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު ނުހިމަނާ ހުންނަ އެޕްލިކޭޝަންތައް ބާތިލްވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3.  ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ.
  4. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.

ސުންގަޑި:

  30 ޖޫން 2021 ގެ 14:00

އެހެނިހެން:

  1. މަތީގައިވާ މަޤާމުތަކުގެ  އިންޓަވިއުއަށް ވަޑައިގަތުމަށް  މި އޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  2. އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  3. އޮފީހުގެ ވަޒީފާއަކަށް އޮމްބަޑްސްޕާސަން އެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  4. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  5. އެޕްލިކޭޝަން ފޯމު  މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7337486

އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

                                   12 ޛުލްޤައިދާ 1442

22 ޖޫން 2021
ހޯދާ