މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ފ.މަގޫދޫ ސްކޫލަށް އަލަށް އިތުރު ކުރެވުނު ބައިގެ ވަށާފާރު ރޭނުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

GS71-C/IUL/2021/05 ނަންބަރ އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތަކުގެ ކޮންމެހެން ހިމެނެންޖެހޭ ބައެއް ލިޔުންތައް ހުށައަޅާފައިނުވާތީ އެއިއުލާން ބާޠިލްކޮށް އަލުން މި މަސައްކަތަށް އިޢްލާނު ކުރަމެވެ.

1     ފ.މަގޫދޫ ސްކޫލަށް އަލަށް އިތުރު ކުރެވުނު ބައިގެ ވަށާފާރު ރޭނުމަށްޓަކައި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2     މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 22 ޖޫން 2021 ން 27 ޖޫން 2021 އަށްބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3     މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 ޖޫން 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4     މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 29 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފ.މަގޫދޫ ސްކޫލްގެ އޮފީހުގައެވެ.

5     ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 06 ޖުލައި 2021 ވަނަ ދުވަހުގެ 13:00 ގައި މަގޫދޫ ސްކޫލްގެ އެވީ ރޫމްގައެވެ.

6     މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7     ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މަގޫދޫ ސްކޫލް

އަމީނީމަގު، ފ.މަގޫދޫ، ދިވެހިރާއްޖެ.

ފޯން:  7952912

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: -

22 ޖޫން 2021
ހޯދާ