ދިވެހިރާއްޖެ
މި އިދާރާގެ އިޢުލާނު ނަންބަރު: (IUL)368-AS/368/2021/19 (10 ޖޫން 2021) އިޢުލާނާއި ގުޅިގެން ހުސްކުރަން އަންގާފައިވާ 4 ބިމެއްގައި ބަހައްޓާފައި ހުރި ޢާއްމުންގެ ތަކެތި ބައެއްފަރާތްތަކުން ނަގަންފަށާފައި ވާތީއާއި ތަކެތި ނެގުމަށް އިތުރު ވަގުތު ދިނުމަށް އެދެމުންދާތީވެ، އެތަކެތި ނެގުމުގެ މުއްދަތު 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އާއި ހަމައަށް އިތުރު ކުރެވިފައި ވާކަމުގައި ދަންނަވަމެވެ. ތަކެތި ނެގުމަށް އިޢުލާނު ކުރެވިފައިވާ ބިންތަކަކީ:
- އަލަށް ގޯތި ދިނުމަށް ހަމަޖެހިފައިވާ ބިން (ކުޑަކުދިންގެޕާކާއި، ބަށިކޯޓާއި ދެމެދުގައިވާ ބިން) (އިރުން ހުޅަނގަށް 200 އަކަފޫޓު، އުތުރުން ދެކުނަށް 100 އަކަފޫޓު)
- ވިޔަފާރި ބިން 1 (މަގުލަސްގޭގެ އުތުރުން އޮތް ބިން) ( 795.81 އަކަފޫޓު ބިން)
- ވިޔަފާރި ބިން 2 (ދެބުދާރުގޭގެ އުތުރުން އޮތް ބިން) ( 1431.36 އަކަފޫޓު ބިން)
- ނަރުދަމާ ނިޒާމުގެ މަސައްކަތްކުރުމަށް ގެނަ ސާމާނު ގުދަން ކުރި ބިމުގެ ހުޅަނގުން އޮތް ބިން
މި މުއްދަތުގެ ފަހުން އެސަރަޙައްދު ތަކުގައި ހުރި ތަކެތި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސް ބިން ހުސްކުރެވޭނެ ކަމުގައި ދަންނަވަމެވެ. މި ތަކެތި ނަގައިގެން ގެންދިޔުމުގެ ތެރޭގައި މި އިން އެއްވެސް އެއްޗަކަށް ލިބޭ ގެއްލުމުގެ ޒިންމާ މި އިދާރާއިން ނުނަގާނެ ކަމުގައި ދަންނަވަމެވެ. އަދި އެ ބިންތަކުން ނަގާ ތަކެތީގެ ތެރެއިން ނައްތާނުލާ ކައުންސިލްގެ ބެލުމުގެ ދަށުގައި ބަހައްޓާ ތަކެތި، އެ ތަކެތީގެ ވެރިފަރާތަށް އަނބުރާ ގެންދެވޭނީ ކައުންސިލުން އެތަކެތި ނަގައިގެން ގެންދިޔުމަށް ކުރި ޚަރަދު ކައުންސިލަށް ދެއްކުމުން ކަމުގައިވެސް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.