ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދު ސާފު ކުރުމާއި ގުޅޭ

                               ނަންބަރު:(IUL)403-M/403/2021/144

އިޢުލާން

 

އިޖްތިމާއީ ސަރަހައްދު ސާފުކުރުމާއި ގުޅޭ

ލ.މާމެންދޫ އިޖްތިމާއި ސަރަހައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ، 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މާމެންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިބީލަމާގުޅޭ ބީލަންފޮތް، 27 ޖޫން 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 01 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން  ލިބިވަޑައިގަންނަވާނެއެވެ.  ބީލަން ފޮތުގެ އަގަކީ -/100 ރުފިޔާއެވެ.

މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުގެ ފުރުޞަތު ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ.

    އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

20 ޖޫން 2021
ހޯދާ