ދިވެހިރާއްޖެ
ޤާނޫނު ނަންބަރ.2010/7 (ދިވެހިރާއްޖޭގެ އިދާރާ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިސްލާޚުގެނައުމުގެ ޤާނޫނު 2019/24 މި ޤާނޫނު) ގެ 56.1 ގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ހައްދުންމަތީ މުންޑޫ ކައުންސިލުގެ އިޚުތިޞާޞްގެ ތެރޭގައިވާ ލ . ބޮކަތްފުށި ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އަދި މިރަށް ކުއްޔަށް ދިނުމުގައި ބެލެވޭނީ މި އިޢުލާންއާއި ރަށް ކުއްޔަށް ހިފުމައް އެދޭ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާ ފަރާތްތަކަށް ގިނަ ޕޮއިންޓް ދޭ އުސޫލުންނެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ތަފްސީލް |
ތަން |
ތާރީޙް |
ގަޑި |
ދުވަސް |
ޕްރީ ބިޑް މީޓީން |
މުންޑޫ ކައުންސިލްގެ އިދާރާ |
27 ޖޫން 2021 |
11:00 |
އާދީއްތަ |
ބިޑް މީޓިން |
މުންޑޫ ކައުންސިލްގެ އިދާރާ |
8 ޖުލައި 2021 |
11:00 |
ބުރާސްފަތި |
ޕްރީ ބިޑް މީޓިންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިފާ ކުންފުންޔަކަށް ނުވަތަ ވިޔަފާރިއަކަށްށެވެ. އަދި ބަދަލުގައި އެހެން ފަރާތަކުން ހާޞިރުވާނަމަ ސިޓީއެއް ހުށައަޅަން ވާނެއެވެ. ބިޑްގައި ރަޖިސްޓްރީ ވުމުގެ ފަހު މުއްދަތަކީ 27 ޖޫން 2021 ވާ އާދީއްތަ ދުވަހު 11:00 އެވެ. ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބިޑް މީޓިންގައި ބިޑް ހުށައެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.