ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އިހަވަންދޫ "ފުންވިލު" ކިޔާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއާއި ބެހޭ މަޢުލޫމާތު ސާފުކުރުން.

ހއ. އިހަވަންދޫ "ފުންވިލު" ކިޔާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން އަލުން އެރަޖިސްޓްރީ ހަދައި ދިނުމަށް އެދި އެ ޢިމާރާތާއި ގޯތި ރަޖިސްޓަރީކޮށްފައިވާ ހއ. އިހަވަންދޫ ފުންވިލް އަޙްމަދު ރަޝީދު މި އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

އެ ޢިމާރާތާއި، ގޯތި ރަޖިސްޓަރީ ކޮށްފައިވަނީ، 28 ޖަނަވަރީ 2010 ގައި، ނަންބަރު A7/2010/03 ގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ އިންނެވެ.

ވީމާ ހއ. އިހަވަންދޫ "ފުންވިލު" ކިޔާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، އަދި އެ ރަޖިސްތަރީއާއި ބެހޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަން 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން މި އިދާރާއަށް އަންގަވައި ދެއްވުމަށް ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

13 ޖޫން 2021
ހޯދާ