ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާނު

މަޤާމު:

އިންސްޕެކްޝަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-332500

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލޭބަރ ރިލޭޝަންސް އޮތޯރިޓީ

މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35
  2. ޓެކްނިކަލް ކޯ އެލަވަންސް/ ސަޕޯޓިންގ ކޯ އެލަވަންސް 2:
  • ޓެކްނިކަލް ކޯ އެލަވަންސް: މި މަޤާމުގެ ކޯ ޑިސިޕްލިންތައް ކަމުގައިވާ ހިއުމަން ރިސޯސް މެނޭޖްމަންޓް، ލޯ ނުވަތަ ޝަރީޢާ އެންޑް ލޯ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހުށަހަޅާފައިވާނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ލިބޭނެއެވެ.
  • ސަޕޯޓިންގ ކޯ އެލަވަންސް 2: ޓެކްނިކަލް ކޯއަށް ޝަރުތު ހަމަނުވާނަމަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900.00 ރުފިޔާ ލިބޭނެއެވެ. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ގަވައިދުތަކަށް ވަޒީފާދޭ ފަރާތްތަކުންނާއި، ވަޒީފާ އަދާކުރާ ފަރާތްތަކުން ޢަމަލު ކުރަމުންދޭތޯ ބަލައި ޗެކްކޮށް ރިޕޯޓް ތައްޔާރުކުރުމާއި، އިންސްޕެކްޝަންތަކާ ގުޅިގެން އިޞްލާޙު ކުރުމަށް އަންގަންޖެހޭ ކަންކަން އެފަރާތްތަކަށް ލިޔުމުން އެންގުމާއި، އިޞްލާޙު ކުރުމަށް އަންގާކަންކަން އިޞްލާޙު ނުކޮށްފިނަމަ ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  2. ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ ދަށުން މާލެއާއި އަތޮޅުތެރެއަށް ކުރަންޖެހޭ އިންސްޕެކްޝަންތައް ރާވާ ހިންގުން.
  3. ވަޒީފާ އަދާކުރާއިރު ދިމާވާ މައްސަލަތަކާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ބަލާ އެމައްސަލަތަކާ ގުޅިގެން އިޞްލާޙު ކުރުމަށް އެންގިފައިވާ ކަންތައްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިޞްލާޙު ނުކޮށްފިނަމަ، ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން އެފަރާތްތަކަށް ފިޔަވަޅު އެޅުން.
  4. މައްސަލަތަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށާއި އިންސްޕެކްޝަންތައް ކުރުމަށާއި ވަޒީފާއާބެހޭ ޤާނޫނަށް އާންމުން ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައް ހިންގުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަންޖެހޭ ދަތުރުތައް ކުރުން.
  5. އޮތޯރިޓީގެ ބަޖެޓުގެ މަސައްކަތް ކުރާއިރު، ސެކްޝަން ހިންގަން ބޭނުންވާނެ ބަޖެޓު ތަފްޞީލު ތައްޔާރު ކުރުމުގައި އޮތޯރިޓީގެ އިސްވެރިންގެ އިރުޝާދާ އެއްގޮތަށް އެހީތެރިވެދިނުން.
  6. ވަޒީފާ އަދާކުރާ ތަނެއްގައި ހަޅުތާލެއް ކޮށްފިނަމަ ވެރިންގެ އިރުޝާދުގެ ދަށުން އެތަނަކަށް ގޮސް ވަޒީފާއާބެހޭ ޤާނޫނުގައި އެކަން އޮންނަ ގޮތް ބަޔާންކޮށް މައްސަލަ ހައްލުކުރުމަށް އެހީތެރިވެދިނުން.
  7. ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމުގެ ގޮތުން މިއޮތޯރިޓީން ތައްޔާރުކޮށްފައިވާ "ހަރަހެރި" ޕޯޓަލްގެ ތެރެއިން ޙަވާލުކުރެވޭ އަތޮޅުގެ ދަފްތަރާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  8. ހުށަހެޅޭ މައްސަލަތަކާއި ކުރާ އިންސްޕެކްޝަންތަކާ ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  4. ހިޔުމަން ރިސޯސް މެނޭޖްމަންޓް
  5. ޝަރީއާ އެންޑް ލޯ
  6. ލޯ

 މަޤާމުގެ ކޯ ޑިސިޕްލިންތައް:

  1. ހިޔުމަން ރިސޯސް މެނޭޖްމަންޓް
  2. ޝަރީޢާ އެންޑް ލޯ
  3. ލޯ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ހިޔުމަން ރިސޯސް
  2. ލޯ

ނޯޓް: މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންއާގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު އެފަރާތަކަށް ދެވޭނެއެވެ.

 

މަޤާމު:

އިންވެސްޓިގޭޝަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-332528

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލޭބަރ ރިލޭޝަންސް އޮތޯރިޓީ

މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35
  2. ޓެކްނިކަލް ކޯ އެލަވަންސް / ސަޕޯޓިންގ ކޯ އެލަވަންސް 2:
  • ޓެކްނިކަލް ކޯ އެލަވަންސް:  މި މަޤާމުގެ ކޯ ޑިސިޕްލިންތައް ކަމުގައިވާ ހިއުމަން ރިސޯސް މެނޭޖްމަންޓް، ލޯ ނުވަތަ ޝަރީޢާ އެންޑް ލޯ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހުށަހަޅާފައިވާނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ލިބޭނެއެވެ.
  • ސަޕޯޓިންގ ކޯ އެލަވަންސް 2: ޓެކްނިކަލް ކޯއަށް ޝަރުތު ހަމަނުވާނަމަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900.00 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާ އަދާކުރާއިރު ދިމާވާ މައްސަލަތަކާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބެލުން.
  2. މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިންސްޕެކްޝަންތައް ކުރުމާއި، އިންސްޕެކްޝަންތަކާ ގުޅިގެން އިޞްލާޙު ކުރުމަށް އަންގަންޖެހޭ ކަންކަން ލިޔުމުން އެންގުމާއި، އިޞްލާޙު ކުރުމަށް އަންގާކަންކަން އިޞްލާޙު  ނުކޮށްފިނަމަ ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  3. ވަޒީފާއަދާކުރާއިރު ދިމާވާ މައްސަލަތަކާ ގުޅިގެން އިޞްލާޙު ކުރުމަށް އަންގާ ކަންތައްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިޞްލާޙު ނުކޮށްފިނަމަ، ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން އެފަރާތްތަކާމެދު ފިޔަވަޅު އެޅުން.
  4. މައްސަލަތަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށާއި އިންސްޕެކްޝަންތައް ކުރުމަށާއި ވަޒީފާއާބެހޭ ޤާނޫނަށް އާންމުން ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައް ހިންގުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަންޖެހޭ ދަތުރުތައް ކުރުން.
  5. ވަޒީފާ އަދާކުރާ ތަނެއްގައި ހަޅުތާލެއް ކޮށްފިނަމަ ވެރިންގެ އިރުޝާދުގެ ދަށުން އެތަނަކަށް ގޮސް މައްސަލަ ހައްލުކުރުމަށް އެހީތެރިވެދިނުން.
  6. އިންވެސްޓިގޭޝަނާ ގުޅޭ މަޢުލޫމާތު (އިންވެސްޓިގޭޝަން ސްޓެޓިސްޓިކްސް) ވެރިންގެ އިރުޝާދާ އެއްގޮތަށް ބެލެހެއްޓުން.
  7. ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމުގެ ގޮތުން މިއޮތޯރިޓީން ތައްޔާރުކޮށްފައިވާ "ހަރަހެރި" ޕޯޓަލްގެ ތެރެއިން ޙަވާލުކުރެވޭ އަތޮޅުގެ ދަފްތަރާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  8. ހުށަހެޅޭ މައްސަލަތަކާއި ކުރާ އިންސްޕެކްޝަންތަކާ ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  3. ބިޒްނަސް މެނޭޖްމަންޓް
  4. ހިޔުމަން ރިސޯސް މެނޭޖްމަންޓް
  5. ލޯ
  6. ޝަރީޢާ އެންޑް ލޯ

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  1. ހިޔުމަން ރިސޯސް މެނޭޖްމަންޓް
  2. ޝަރީޢާ އެންޑް ލޯ
  3. ލޯ

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ހިޔުމަން ރިސޯސް މެނޭޖްމަންޓް
  2. ލޯ

ނޯޓް: މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންއާގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު އެފަރާތަކަށް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު

(މިފޯމު މިއޮތޯރިޓީގެ ވެބްސައިޓުން (https://lra.gov.mv/dv/job-application-form/)، އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (http://www.csc.gov.mv/download/2538) ލިބެންހުންނާނެއެވެ.)

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވާލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވާލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުން
  2. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމަށް
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާގުޅޭ ސަނަދަށް
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާއަށް
  5. އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)
  6. އިންޓަރވިއު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 24 ޖޫން 2021 ގެ 13:30 ގެ ކުރިން، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށެވެ. ނުވަތަ އެ ލިޔުންތައް ފޮނުވާނީ، (އީ-މެއިލް: [email protected]) އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިމްތިޙާން އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމުތަކަށް މީހުން ހޮވުމަށް ދެވޭ އިމްތިޙާން އޮންނާނީ 29 ނުވަތަ 30 ޖޫން 2021 މި ދެދުވަހުންކުރެ ދުވަހެއްގައެވެ. އިންޓަވިއު އޮންނާނީ 05 ނުވަތަ 06 ޖުލައި 2021 މި ދެދުވަހުންކުރެ ދުވަހެއްގައެވެ. އިމްތިޙާނާއި އިންޓަރވިއު ކުރިއަށް ގެންދެވޭނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީގައި ނުވަތަ އޮންލައިންކޮށެވެ. އެކަން ކުރިޔަށް ގެންދާނެގޮތް 1 ދުވަސް ކުރިން އަންގާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3328227/7208282) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

17 ޖޫން 2021
ހޯދާ