ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަންހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

ބީލަން ހުށައެޅުމުގެ ދަޢުވަތު:

ފ. މަގޫދޫ ކައުންސިލްއިދާރާގެ އެތެރޭގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު މި ޢިދާރާގެ ނަންބަރ: (IUL)372-A1/372/2021/20 (22 އޭޕްރީލް 2021) އި ޢުލާނާ ގުޅިގެން ހުށައެޅުނު އަންދާސީ ހިސާބުގައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ ޢިލުލާން ބާޠިލުކުރުމަށްފަހު، ބައެއް މަސައްކަތްތައް އުނިކޮށް އަލުން އިޢުލާނުކުރަމެވެ.

 ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއެއްގޮތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

2021 ޖޫން 22 ވަނަ ދުވަހުގެ 13:00 ގައި ފ. މަގޫދޫ ކައުންސިލް އިދާރާގައި

ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން

2021 ޖޫން 29 ވަނަ ދުވަހުގެ 13:00 ގައި ފ. މަގޫދޫ ކައުންސިލް އިދާރާގައި

ބިޑްފޮތް ވިއްކުން

17 ޖޫން 2021 ން 29 ޖޫން 2021 ގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން 12:30 ށް މިކައުންސިލުން ލިބެން ހުންނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ 100.00 ރުފިޔާ (ކުރިން މިމަސައްކަތައް ބިޑްފޮތް ގަނެފައިވާ ފަރާތްތަކުން މިއިޢުލާނާއި ގުޅިގެން ބިޑްފޮތް ގަންނަން ނުޖެހޭނެވާހަކަ ދަންނަވަމެވެ.)

 

ބީލަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުން ކުރިއަށް ދާނީ 17 ޖޫން 2021 ން 29 ޖޫން 2021 އާއި ދެމެދު ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެންދުނު 9:30 ން 12:30 އާއި ދެމެދު މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ އީމެއިލް މެދުވެރިކޮށެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ. މެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން އަދި ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

  • ބީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތުގެ ނަން، ރަޖިސްޓްރީ ނަންބަރ، އީމެއިލް އެޑްރެސް، ފޯނު ނަންބަރު، މުޢާމަލާތް ކުރާނެ ފަރާތުގެ ނަން ހިމަނަން ވާނެއެވެ.

މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެޕޮލްމަންޓްގައި ވިޔަފާރި ނުވަތަ ކުންފުނި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރި/ކުންފުނި ތަކަށް އެކަންޏެވެ. ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް، އަދި މަޢުލޫމާތު ފުހިހަމަ ނުވާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.

                                       07 ޛުލްޤައިދާ 1442

                                       17 ޖޫން 2021

17 ޖޫން 2021
ހޯދާ