ދިވެހިރާއްޖެ
ފިނޭ ކައުންސިލުން އަލަށް ހެދުމަށް ނިންމާފައިވާ މަގުތަކާއި އާ ސްކޫލް އިމާރާތް ކުރާ ބިމުގައި ހުރި ރުއްގަސް ވިއްކާލުމަށް މި އިދާރައިން ބޭނުންވެއެވެ. އަދި ރުއްގަސް ގަންނަ ފަރާތުން މި ތަކެތި ބުޑާއިއެކު ނަގައި ބިންސާފުކުރުމަށްފަހު ކައުންސިލަށް ދައްކަންވާނެއެވެ. އަދި ބިންސާފުކުރުމުގައި އުފެދޭކުނި އުކާލުމަށް ހަމަޖެހިފައިވަނީ ކައުންސިލުން ކަނޑައަޅާގޮތެއްގެމަތިން ކައުންސިލުން ހަމަޖައްސާ ތަނަކަށެވެ.
އަދި ރުއްގަސް ގަންނަފަރާތުން މިތަކެތި ރަށުން ބޭރުކުރުމަށް ބޭނުންފުޅުވާނަމަ އެކަމާއި ގުޅިގެން ނަގަންޖެހޭ އެންމެހާ ހުއްދަތަށް ނެގުމަކީ ރުއްގަސް ގަންނަ ފަރާތުން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ހުއްދަތަށް ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ކުރުމުގައި މިކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގައި ދަންނަވެމެވެ.
ޕޮއިންޓް ދެވޭނެ އުސޫލް ތިރީގައިމިވަނީ.
ހުށައަޅާ އަގު |
60% |
މުއްދަތު |
30% |
އިޖްތިމާއި ގޮތުން ފިނޭ އަށް ކޮށްދެވޭނެ މަސައްކަތް |
10% |
ވީމާ މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖޫން17 އިން 23 ޖޫން 2021 އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 ދެމެދު މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލްކުރައްވައިގެން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރައްވަން ވަޑައިގަންނަވާއިރު ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ އެނގޭނެ ލިޔުމެއް ގެންނަވަން ވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރައްވާ ނަމަ ވިޔަފާރީގެ ރެޖިސްޓްރީ ނަންބަރު އެނގޭނެ ލިޔުމެއް މެއިލްކުރައްވަންވާނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އިދާރާގައެވެ. މި ބައްދަލުވުމުގައި ބައިވެރިކުރާނީ ހަމައެކަނި ނަންނޯޓް ކުރައްވާ ފަރާތްތައް ކަމުގައިވެސް ދަންނަވަމެވެ.
ބީލަން ހުޅުވުން އޮންނާނީ 29 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި އިދާރާގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފިނޭ ކައުންސިލްގެ އިދާރާ ،ހދ. ފިނޭ
ފޯން: 6528120
އީ-މެއިލް: [email protected]