މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ރާއްޖޭގައި ހައްދާ ތަރުކާރީއާއި މޭވާ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ނަމްބަރ: FFC/I/2021/64

އިޢުލާން

 

ރާއްޖޭގައި ހައްދާ ތަރުކާރީއާއި މޭވާ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

 ރާއްޖޭގައި ހައްދާ ތަރުކާރީއާއި މޭވާ، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއަށް 01 އަހަރުދުވަހުގެ މުއްދަތަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 ތަރުކާރީއާއި މޭވާ ސަޕްލައި ކޮށްދެންވާނީ އަމިއްލަ ދަތުރުގައި، މަދުވެގެން ހަފްތާއަކު އެއްފަހަރުއެވެ. މިގޮތުން، މިކޮމްޕެލެކްސްއަށް ބޭނުންވާ ބާވަތްތަކުގެ ލިސްޓް އެޓޭޗް ކުރެވިފައި ވާނެއެވެ. 

 ވީމާ، މިކަމަށް އެދޭ ފަރާތްތަކުން ސަޕްލައި ކޮށްދެވިދާނެ އައިޓަމްލިސްޓާއި އަގު، އަދި މިދާއިރާގައި ލިބިފައިވާ ތަޖްރިބާ އެގޭނޭ ގޮތަަށް، 30 ޖޫން 2021 ވާ ބުދަދުވަހުގެ 16:00 ގެކުރިން [email protected] އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 އެކަށީގެންވާ ފަރާތެއް ހޮވުމަށް ޕޮއިންޓްދެވޭނީ އަންނަނިވި އުޞޫލުންނެވެ.

    - އެންމެ ހެޔޮ އަގުހުށަހަޅާ ފަރާތަށް 65 ޕޮއިންޓް

    - އެންމެ ގިނަ އައިޓަމް ސަޕްލައި ކޮށްދެވޭނެ ފަރާތަކަށް 20 ޕޮއިންޓް

    - ތަޖްރިބާއަށް 15 ޕޮއިންޓް

     އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7733181 އާއި ގުޅުއްވުން އެދެމެވެ.

17 ޖޫން 2021
ހޯދާ