މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީގެ "ލޭންޑް ޔޫސް ޕްލޭން" އަށް އާއްމުންގެ ޚިޔާލު ހޯދުމާއިބެހޭ

މާލޭ ސިޓީގެ ލޭންޑް ޔޫސް ޕްލޭން އަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މި ކައުންސިލުގެ ވެބްސައިޓް www.malecity.gov.mv ގައި މިހާރު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، ލޭންޑް ޔޫސް ޕްލޭން އަށް ޚިޔާލު ހުށަހަޅަން ބޭނުންފުޅުވާ ބޭފުޅުން މި ކައުންސިލުގެ ވެބްސައިޓްގައިވާ "ލޭންޑް ޔޫސް ޕްލޭންއަށް ޚިޔާލު ހުށަހެޅުމަށް" ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އަދި މީގެ އިތުރުންވެސް ކައުންސިލްގެ މެއިލް އެޑްރެސް [email protected] އަށް ނުވަތަ ސިޓީގެ ޖަރިއްޔާއިންވެސް ޚިޔާލު ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ. މި ފުރުސަތު މިއަދުން ފެށިގެން 4 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

      މިގޮތަށް ޚިޔާލު ހުށަހެޅުނު ކަމުގައިވިޔަސް، ކައުންސިލުން ޚިޔާލު ހޯދުމަށް ކުރިޔަށްގެންދާ ބައްދަލުވުންތައް އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާއި އެއްގޮތަށް ކުރިޔަށް ގެންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.   

16 ޖޫން 2021
ހޯދާ