ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
މަޢުލޫމާތު ކަރުދާހަށް ގެނެވޭ އުނިއިތުރު

މިކޯޓަށް އައިޓީ ހާޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު 145P/2021/17 (10 ޖޫން 2021) އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާހަށް އިޞްލާޙްގެނައުމާއި އިޢުލާނުގެ މުއްދަތު އިތުރުކުރުން

ކްރިމިނަލް ކޯޓަށް އައި.ޓީ ހާޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 145P/2021/17 (10 ޖޫން 2021) އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގެ  3 ވަނަ އަދި 4 ވަނަ ނުކުތާގެ އިތުރުން، އެ ކަރުދާހުގެ "ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް" ގެ ކެޓަގަރީ 03 ށް ވަނީ އިޞްލާޙްގެނެވިފައެވެ.

މިބަދަލާއިއެކު ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ސުންގަޑިއަކީ 2021 ޖޫން 22 ވަނަ ދުވަހުގެ 10:00 އެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 2021 ޖޫން 22 ވަނަ ދުވަހުގެ 11:00 ގައި ކްރިމިނަލް ކޯޓުގައެވެ. ބީލަމާއިގުޅޭ މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. މިއިޢުލާން މިކޯޓުގެ ވެބްސައިޓް www.criminalcourt.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ.

16 ޖޫން 2021
ހޯދާ