މުލަކު ސްކޫލް
ދިވެހިރާއްޖެ
2021-2022ވަނަ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާއިގުޅޭ

c

މުލަކު ސްކޫލް                  

މ.މުލައް 

އިޢުލާން

                                ނަންބަރ:  GS166/IUL/2021/009

 

2022-2021 ވަނަ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

 

2022-2021 ވަނަ އަހަރުގެ ދިރާސީ އަހަރަށް ، މިސްކޫލުގެ އެލް.ކޭ.ޖީ ، ޔޫ.ކޭ.ޖީ  އަދި ގްރޭޑް 1އަށް ކުދިން ވެއްދުމުގެ ފުރުޞަތު  ތިރީގައި ދެންނެވިފައިވާ އުސޫލާއި އެއްގޮތަށް، 2021 ޖޫން 16ވަނަ ދުވަހުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

ގްރޭޑް

އުމުރުފުރާ

އިތުރު ތަފްޞީލް

އެލް.ކޭ.ޖީ

 

 

 

 

2021 ޑިސެމްބަރ 31 އަށް 5 އަހަރު ފުރޭ ދަރިވަރުން

  • ނާސަރީ ފުރިހަމަކޮށްފައިވާ ދަރިވަކީ 4 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުތެރޭގައި ( 31 މާރިޗް 2022 ހަމައަށް ) 5 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް އެލް.ކޭ.ޖީން ޖާގަ ލިބޭނެއެވެ.
  • މީގެ އިތުރުން ނާސަރީ ފުރިހަމަ ކޮށްފައިނުވާ ، އަލަށް ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން 1 އޮގަސްޓް 2021އަށް 4 އަހަރު ފުރޭ ދަރިވަރުންނަށް ވެސް އެލް.ކޭ.ޖީ އިން ޖާގަ ލިބޭނެއެވެ.

ޔޫ.ކޭ.ޖީ

2021 ޑިސެމްބަރ 31 އަށް 6 އަހަރު ފުރޭ ދަރިވަރުން

  • 21 އޮގަސްޓް 1އަށް 5 އަހަރު ފުރޭ ދަރިވަރުން ، މިހާރު ހިނގާ ދިރާސީ އަހަރުގެ 2 ވަނަ ޓާރމްގައި ، 6 މަސްދުވަހުގެ ޚާއްސަ ޕްރޮގްރާމު ގައި ބައިވެރިވެފައިވާ ދަރިވަރުން ، 2021 -2022 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ޔޫ.ކޭ.ޖީ އަށް ވައްދަންވާނެއެވެ.
  • އެލް.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ދަރިވަރަކީ 5 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުތެރޭގައި ( 31 މާރިޗް 2022އާއި ހަމައަށް) 6 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަ ކަށް ޔޫ.ކޭ.ޖީ  ޖާގަ ލިބޭނެއެވެ.

 

ގްރޭޑް 1

2021 ޑިސެމްބަރ 31 އަށް 7 އަހަރު ފުރޭ ދަރިވަރުން

  • ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 6 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަތެރޭގައި ( 31 މާރިޗް 2022އާ ހަމައަށް ) 7 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް ގްރޭފް 1 ން ޖާގަ ލިބޭނެއެވެ.

 

https://docs.google.com/forms/d/e/1FAIpQLSdWata6y1gPouVzGnAhFvx6Wemsx4ByMqx0SQoccsLFjddkmg/viewform        ލިންކުގައިވާ އެޕްލިކޭޝަން ފޯމް) ފޯމް ސްކޫލުގެ ވެބްސައިޓްwww.mulakuschool.edu.mv އިންވެސް ފެންނަން ހުންނާނެއެވެ.) ފުރިހަމަކުރެއްވުމަށް ދެންނެވީމެވެ. އެޕްލިކޭޝަން ފޯމް ހުށަހެށުމުގެ އެންމެ ފަހު ތާރީޚަކީ 2021 ޖޫން 23 ވަނަ ދުވަހުގެ 14:00އެވެ. އެޕްލިކޭޝަން ފޯމާއިއެކު ތިރީގައި މިވާ ލިޔުންތައް އެއްކަރުދާސް ކުރެއްވުން އެދެމެވެ.

  1. ދަރިވަރުގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
  2. ބެލެނިވެރިޔާގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
  3. ދަރިވަރުގެ ވެކްސިން ކާޑުގެ ކޮޕީ ( ވެކްސިން ދިން ތާރީޚް ހިމެނޭ ސަފުހާތައް ހިމެނޭގޮތަށް)

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7952903 ނުވަތަ  9688904 އާއި ގުޅުއްވުން އެދެމެވެ.

16 ޖޫން 2021

16 ޖޫން 2021
ހޯދާ