މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރީގެ ބޭނުންތަކަށް ބަނދަރުހިޔާގެ ޢިމާރާތް ކުއްޔަށްދޫކުރުމާއި ގުޅޭ

ޕްރޮޕޯސަލް ހުށައެޅުމުގެ ދަޢުވަތު

ވިޔަފާރީގެ ބޭނުންތަކަށް ބަނދަރުހިޔާގެ ޢިމާރާތް ކުއްޔަށްދޫކުރުމާއި ގުޅޭ 

            މިކައުންސިލުގެ ބެލުމުގެދަށުގައިވާ ބަނދަރުހިޔާ ޢިމާރާތް ވިޔަފާރީގެ ބޭނުންތަކަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.

            ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

ތާރީޚް

ދުވަސް

ވަގުތު

 މަޢުލޫމާތު ސާފުކުރުން

22 ޖޫން 2021

އަންގާރަ

 ހެނދުނު 11:00

 ޕްރޮޕޯސަލް ހުށަހެޅުން

29 ޖޫން 2021

އަންގާރަ

 ހެނދުނު 11:00

                   މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު 2021 ޖޫން 21 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުމުން ނުވަތަ މެއިލްގެ ޒަރިއްޔާއިން ފޮނުވުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. މި މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށައަޅާ ޕްރޮޕޯސަލް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ ޕްރޮޕޯސަލެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.

ފޯން:           6540063

އީމެއިލް:         [email protected]

 

            06 ޛުލްޤަޢިދާ 1442

            16 ޖޫން 2021              

16 ޖޫން 2021
ހޯދާ