މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ރަށްރަށުގައި އެމްބިއަންޓް އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަން ގާއިމުކުރުމަށްޓަކައި ޓޫލްކިޓެއް ތައްޔާރުކޮށްދޭން ފަރާތެއް ހޯދުމަށް

އާބާދީ ބޮޑު ރަށްރަށުގައި އެމްބިއަންޓް އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަން ގާއިމުކުރުމަށްޓަކައި ޓެކްނިކަލް އެސެސްމަންޓެއް ތައްޔާރުކުރުމަށް ފަރާތެއް ހޯދުމަށް ކޮށްފައިވާ (IUL)438-ENV/438/2021/63 އިއުލާނަށް ހުށަހަޅާފައިވާ އަގުތައް ކަނޑައެޅިފައިވާ ބަޖެޓަށްވުރެން ބޮޑު ވުމާއި ގުޅިގެން، އެ އިއުލާނު ބާތިލުކުރަމެވެ. އަދި މި މަސައްކަތަށް ބީލަން ހުޅުވުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރެންސް މި އިއުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  www.environment.gov.mv  އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު، ސިޓީ އުރައިގެ ބޭރުގައި ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ ވެލިޑިޓީގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 2021 ޖުލައި 04 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން މިނިސްޓްރީގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 2021 ޖުލައި 04 ވާ އާދިއްތަ ދުވަހުގެ 11:00 ގައި، މި މަސައްކަތަށް ބިޑު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2021 ޖޫން 27 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި ތިރީގައި ވާގޮތަށް އެޑްރެސް ކޮށްފައެވެ. 

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

ވެބްސައިޓް: www.environment.gov.mv

ރަށްރަށުގައި އެމްބިއަންޓް އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަން ގާއިމުކުރުމަށްޓަކައި ޓޫލްކިޓެއް ތައްޔާރުކުރުމާއި ގުޅޭ

އިޢުލާނު ނަންބަރު: 

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް)

ނޯޓް: މައުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އަށް ލިބިގެންވެއެވެ.

15 ޖޫން 2021
ހޯދާ