ދިވެހިރާއްޖެ
އިޢުލާން
ކައުންސިލްއިދާރާ މަރާމާތު ކުރުން
މި އިދާރާއިން ދޭ މަޢުލޫމާތާއި ނަމޫނާއި އެއްގޮތަށް، ހދ.ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ މަރާމާތު ކުރުމަށް ބޭނުންވެއެވެ.
ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ކައުންސިލްގެ އިދާރާ މަރާމާތު ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 20 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ 11:30 ކުރިން (https://forms.gle/4CYxHLeo4TcVrXAZ7) މިލިންކުގައިވާ މައުލޫމާތު ސާފުކުރުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. ކައުންސިލްއިދާރާ މަރާމާތު ކުރުމުގެ މަޢުލޫމާތު ޝީޓް މިއިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް އެދޭ ފޯމް ފުރިހަމަ ނުކުރައްވާ ފަރާތްތަކުންނާއި މުއްދަތު ހަމަވުމުގެ ފަހުން ފޯމް ފުރިހަމަކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މި މަސައްކަތައް އަންދާސީހިސާބު ހުށަހެޅެނީ ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަނިއެވެ.
މިހެންވެމިކަން އާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.