ދިވެހިރާއްޖެ
ނަންބަރު: GS200/IUL/2021/04
އިޢުލާން
އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން
2021 - 2022 ވަނަ އަހަރުގެ ދިރާސީ އަހަރަށް ބޭނުންވާނެ އެކްޓިވިޓީ ޔުނިފޯމް މި ސުކޫލުންދޭ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
1. މި ބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖޫން 16 ން 22 ގެ 8:00 ން 12:00 އާއި ދެމެދު ( ރަސްމީގަޑީގައި ) ސްލްޠާން މުޙައްމަދު ސްކޫލާއި ގުޅުއްވައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ ނަންނޯޓްކުރާ ފަރާތްތަކަށް އެކަނިއެވެ.
2. މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖޫން 22 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] ފޮނުއްވުން އެދެމެވެ. ނުވަތަ ރަސްމީގަޑީގައި 7983076 ފޯނާއި ގުޅުއްވުން އެދެމެވެ.
3. މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2021 ޖޫން 23 ވާ ބުދަ ދުވަހު ހެދުނު 11:00 ގައި ސްލްޠާން މުޙައްމަދު ސްކޫލުގައެވެ.
4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ޖޫން 30 ވާ ބުދަ ދުވަހު މެންދުރު 13:00 ގައި ސްލްޠާން މުޙައްމަދު ސްކޫލުގައެވެ.
5. މި ޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތާއި މަޢުލޫމާތު ކަރުދާސް އެހެނިހެން ޑޮކިއުމަންޓް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން ނަން ނޯޓު ކުރައްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެވެ.
05 ޛުލްޤައިދާ 1442
15 ޖޫން 2021