އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭވިޝަން ސެކިއުރިޓީ ކޮމާންޑަށް އެޗް.އާރް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ޑިވަލޮޕްކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާންއާއި ގުޅިގެން ބޭއްވޭ މައުލޫމާތު ސެޝަން ލަސް ކުރުން

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ނަމްބަރ 453/1/2021/26(IUL) އިއުލާން (އޭވިޝަން ސެކިއުރިޓީ ކޮމާންޑަށް އެޗް.އާރް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ޑިވަލޮޕްކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ) އާއި ގުޅިގެން ދަންނަވަމެވެ.
ދެންނެވިފައިވާ އިއުލާނުގައި ހުޅުވާލެވިފައިވާ ބީލަމާއި ގުޅިގެން 2021 ޖޫން 16 ގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މައުލޫމާތު ދިނުމުގެ ސެޝަން ލަސް ކުރެވިފައިވާކަން ދެންނެވީމެވެ. އެހެންކަމުން މި ބީލަމާއި ގުޅިގެން ބޭއްވޭ މައުލޫމާތު ސެޝަން ދެން އޮންނާނީ 2021 ޖޫން 23 ވާ ބުދަ ދުވަހުގެ 11:00 ގައެވެ. އަދި ބީލަމަށް ޕްރޮޕޯސަލް ހުށަހެޅުމާއި ބިޑް އޯޕަނިން އޮންނާނީ 2021 ޖުލައި 4 ވާ އާދިއްތަ ދުވަހު 11:00 ގައެވެ.
މަޢުލޫމާތު ސާފު ކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ހުޅުލޭގައި ހުންނަ މިކޮމާންޑުގެ ހެޑްކުއަޓާރޒްގައެވެ.

15 ޖޫން 2021
ހޯދާ