މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް 05 ޑޮކިއުމަންޓް ސްކޭނަރު (A3) ގަންނަންބޭނުންވެއްޖެއެވެ.

އިޢުލާން

 

މިއިދާރާއަށް 05ޑޮކިއުމަންޓް ސްކޭނަރު (A3) ގަންނަންބޭނުންވެއްޖެއެވެ.

އަދަދު

އައިޓަމް

ސްޕެސިފިކޭޝަން

05

ޑޮކިއުމަންޓް ސެކޭނަރ (A3)

11.7 x 16.5 inch  

Document Scan Size

Flatbed and Feeder

Input Type

600ppi

Resolution

Color, Grey Scale, Black & White

Color Type

3.0

USB Connectivity

Windows 7 all 32 & 64 bit, Windows 10 all 32 & 64 bit

OS Compatibility

Up to 15ppm

Flatbed scan speed

ވީމާ، މިއިޢުލާނުގައިވާ ސްޕެސިފިކޭޝަނުގެ 05 ޑޮކިއުމަންޓް ސްކޭނަރ (A3) ވިއްކުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު  ހުށަހަޅުއްވަން ވަޑައިގަންނަވާފަރާތްތަކުގެ އަންދާސީ ހިސާބު  ބަލައި ނުގަނެވޭނެއެވެ.

މިމަސައްކަތް ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ދީފައިވާ ސްޕެސިފިކޭޝަނުގައި ވާގޮތުގެމަތީން ޓެކްނިކަލް އިވެލުއޭޝަން ހެދުމަށްފަހު އޭގެތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަކަށެވެ. އަންދާސީހިސާބާއެކު ބިޒްނަސް ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެވެ.

  • ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-އެމްއިލް: [email protected] އަށް މެއިލް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީ ނަންބަރު ލިބުމުންނެވެ.
  • ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 20 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަކަށްޓަކައި ދަންނަވަމެވެ.
  • މިބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ޝެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 22 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި ބީލަން ރަޖިސްޓްރީ ކުރާ ފަރާތްތައް ހިމެނޭހެން، އޮންލައިންކޮށެވެ. އަދި އެފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ލިންކް ފޮނުވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
  • ބީލަން ހުޅުވުން އޮންނާނީ 27 ޖޫން 2021 އާދީއްތަ ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނު މަގު،މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށިގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  • ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  • މިއިއުލާނާއެކު މައުލޫމާތު ކަރުދާހާއި ބީލަން ރަޖިސްޓްރޭޝަން ފޯމް އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
  • މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 21 ޖޫން 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން [email protected]މި އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
  • 1 އަހަރުގެ ސަރވިސް ވޮރަންޓީ.
  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

-          ޕްރޮކިއުމަންޓް ސެކްޝަން

-          މާލޭ ސިޓީ ކައުންސިލްގެ އިދާރާ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ / 4 ވަނަ ފަންގިފިލާ)

-          އަމީނީމަގު، މާލެ، ދިވެހިރާއްޖެ

-          ފޯން: 3323902

-          އީމެއިލް: [email protected]

                                                                04 ޛުލްޤައިދާ 1442

14 ޖޫން 2021
ހޯދާ