ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްމީ މަގުތަކުގައި އިންދާފައިވާ ތަކެއްޗާއި، މަގުތަކުގައި ބަހައްޓާ ފައިވާތަކެތި ނެގުން އަދި ދޫކުރެވިފައިވާ ގޯތިތަކާއި މަގުތަށް ސާފްކުރުން

އިޢުލާން

ރަސްމީ މަގުތަކުގައި އިންދާފައިވާ ތަކެއްޗާއި، މަގުތަކުގައި ބަހައްޓާ ފައިވާތަކެތި ނެގުން އަދި ދޫކުރެވިފައިވާ ގޯތިތަކާއި މަގުތަށް ސާފްކުރުން

 

                   ލ.ކުނަހަންދޫގައި ގޯތިދީފައިވާ ސަރަޙައްދުތަކާއި ރަށުގެ އާންމުން ހިގާބިގާވެ އުޅޭ މަގުތަކުގައި ފަތްކެޔޮ، ރުއްގަސް އަދި އެކި ބާއްވަތް ބާވަތުގެ ގަސް އިންދާފައިވާކަން މި ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ރަށުގެ އާންމު މަގުތަކުގަ އާއި ގޭގޭ ބޭރު ފާރުކާރީގައި ކޮޕީފަތާއި އެނޫން ވެސް އެކި ބާވަތުގެ ގަސް އިންދާ، ޖޯލިފަތި އަދި ވެހިކަލް ފަދަ ތަކެއްޗާއި އެކިބާވަތުގެ ތަކެތި މަގުތަކުގައި ބަހައްޓަމުން ދާކަމީ އެ މަގުތަކުގައި ހިންގާ ބިގާވެ އުޅޭ ފަރާތްތަކަށް ނުހަނު އުދަގޫ ވާނެ ކަންތައްތަކެވެ. އަދި މި ކަމަކީ އާންމު އުދަގުލާއި ބެހޭ ގަވައިދުގައި ވެސް މަނާ ކަމެކެވެ. އެހެންކަމުން އެތަކެއް ފަހަރު މަތިން މިކަންކަން އިސްލާހު ކުރުމަށް އިޢުލާންކުރެވި ނެގުމަށް ވަނީ އެންގިފައެވެ. އަދި މަގަށްވާ ގޮތަށް ގޯތިތެރޭގައި އިންދާފައިވާ ގަސްތަކުގެ ގޮފިތަށް ބިމުންފެށިގެން 15 ފޫޓަށް ކޮށައި ސާފްކޮއްދެއްވުމަށް ވެސް އެންގި ނަމަވެސް މަދު ފަރާތަކުން ފިޔަވައި އެ އެންގުމަށް އަމަލުކޮއްފައި ނުވާތީ، އެކަން އިސްލާހު ކުރުމަށް ވެސް ދަންނަވަމެވެ. ރަށުގެ މަގުތަށް ހަނިވެފައި މަގުތަކުގައި މިފަދަ ތަކެތި ބެހެއްޓުމަކީ މަގުތަކުގައި ހިނގާ ބިގާވެ އުޅުމަށް ދަތިވާ ކަމެކެވެ.

                    އަދި މިހާތަނަށް ލ.ކުނަހަންދޫ އިން ދޫކުރެވިފައިވާ ގޯތިތަކާއި މަގުތަށް 14 ޖުލައި 2021 ވަނަ ދުވަހުގެ ކުރިން ސާފްކުރުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ސާފްކޮށް ފައި ނުވާ ގޯތިތަކާއި ދޭތެރޭ ކައުންސިލުން ނިންމާ ގޮތަކަށް އަމަލުކުރެވޭނެ ކަމުގައި ދަންނަވަމެވެ.

                 އެހެންކަމުން މިހާރު މަގުތަކުގައި ބަހައްޓާފައިވާ ތަކެއްޗާއި، ގޯތި ދޫކުރެވިފައިވާ ސަރަހައްދު ތަކުގެ މަގުތަކުގައި އިންދާފައިވާ ރުއްގަހާއި ފަތްކެޔޮގަސްތަށް އަދި މަގުގައި ބަހައްޓާފައިވާ އެންމެހާތަކެތި 21ޖޫން 2021ވާ ހޯމަ ދުވަހުގެ 2:00ގެ ކުރިން ނަގައި ސާފްކޮއްދެއްވުން އެދެމެވެ. އަދި މި ދެންނެވި މުއްދަތުގައި މަގުތަކުގައިވާ އެއްވެސް އެއްޗެއް ނުނަގައިފި ނަމަ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެތަކެތި ނައްތާލެވޭނެއެވެ. އަދި ނެގުމުގެ ތެރޭގައި މި ތަކެއްޗައް ދިމާވާ އެއްވެސް ގެއްލުމެއްގެ ޒިންމާ މި ކައުންސިލުން ނުނަގާނެ ވާހަކަ ވެސް ދަންނަވަމެވެ. ރަށުގައި ހުންނަ މިފަދަ ނޭދެވޭ ކަންކަން އިސްލާހުކުރެވޭނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމުގައި ދަންނަވަމެވެ.

ސުކުރިއްޔާ

14 ޖޫން 2021
ހޯދާ