ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކާރު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން
ނަންބަރު: TENDER/HMH/2021/019
ހުޅުމާލެ ހޮސްޕިޓަލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކާރު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މައުލޫމާތު ދިނުން ރެޖިސްޓްރޭޝަން: |
ބިޑުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން 20 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ހޮސްޕިޓަލުގެ މީޓިންގް ރޫމުގައި އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ. |
އަންދާސީ ހިސާބު ހުށަހެޅުން: |
24 ޖޫން 2021 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ. |
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 23 ޖޫން 2021 ވާ ބުދަ ދުވަހުގެ 13:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350111 / 3350113
އީ-މެއިލް: [email protected]