މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސްގެ ބެލުމުގެދަށުގައިވާ ޤައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ ތަކެތި ހޯދަން ބޭނުންވެއްޖެ

މި ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދު މީހުންނަށް ޒަރޫރީގޮތުން ބޭނުންވާ ތަކެތި ހޯދަން  ކޮށްފައިވާ ނަންބަރު (IUL)167-PR/167/2021/19 އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތަށް އަގު ބޮޑު ކަމަށް ފާހަގަ ކުރެވޭތީ، މި ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މައުލޫމާތު ސާފުކުރުން

22 ޖޫން 2021

އަންގާރަ

11:00

އަންދާސީހިސާބު ހުށަހެޅުން

27 ޖޫން 2021

އާދިއްތަ

11:00

13 ޖޫން 2021
ހޯދާ