މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިސްކޫލްގެ ރަސްމީ ޔުނިފޯމް 2022 ވަނަ އަހަރުން ފެށިގެން ބަދަލުވާތީ އައުޔުނިފޯމްގެ ފޮތި ރާއްޖެ އެތެރެކޮށް އާންމުކޮށް ވިއްކާނެ ފަރާތެއްބޭނުންވެއެވެ.

                 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރުމަށްފަހު މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 21 ޖޫން 2021 ވަނަ ދުވަހުގެ 09:00 ގެ ކުރިން މި ސްކޫލްގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު   ތިރީގައި އެވަނީއެވެ.

-          އިޢުލާން ނަންބަރު

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

 

 

ތާރީޚު

ދުވަސް

ވަގުތު

މައުލޫމަތު ސާފުކުރުން

23 ޖޫން 2021 

ބުދަ

10:30

އަންދާސީ ހިސާބު ހުށަހެޅުން

28 ޖޫން 2021 

ހޯމަ

10:30

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ޕްރީބިޑް މީޓިންގގައި ޙަވާލުކުރެވޭނެއެވެ. އޭގެ ފަހުން މަޢުލޫމާތު ކަރުދާސް ލިބިގަތުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

މިލަންދޫ ސްކޫލު

   ޤާޒީ މަގު ، މިލަންދޫ ، ދިވެހިރާއްޖެ

      ފޯން : 7747677

މެއިލް އެޑްރެސް: [email protected]

 

13 ޖޫން 2021
ހޯދާ