އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
13 ޖޫން 2021 ން ފެށިގެން 13 އޮގަސްޓް 2021 ގެ ނިޔަލަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލުމާގުޅޭ

 

އިޢުލާން

ޤާނޫނު ނަންބަރު 28/2020 (އިންތިޤާލީ އިންސާފުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާފަދައިން 1 ޖެނުއަރީ 1953 ން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތައް، މިއަދުން ފެށިގެން 13 އޮގަސްޓް 2021 ވަނަ ދުވަހުގެ ނިޔަލަށް މި އޮފީހަށް ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

މައްސަލައެއް ހުށަހަޅުއްވަން ބޭނުންވާނަމަ އޮފީހުގެ މައްސަލަ ހުށަހަޅާ ފޯމް އަދި ބަދަލު ހޯދުމަށް އެދޭނަމަ، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، އެ ފޯމްތަކުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަކާއެކު، މި އޮފީހުގެ އީމެއިލް އެޑްރެސް[email protected]  އަށް ނުވަތަ އޮފީސް ހުޅުވިފައިވާ ހުންނަ ވަގުތުތަކުގައި މި އޮފީހުގެ ކައުންޓަރަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. މައްސަލަ ހުށަހަޅާ ފޯމާއި ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް މި އޮފީހުގެ ވެބްސައިޓު www.otj.gov.mv އަދި އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އޮފީހުގެ ނަންބަރު 7337486 އަށް ގުޅުއްވުމަށް އެދެމެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

3 ޛުލްޤައިދާ 1442

13 ޖޫން 2021
ހޯދާ