ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް

މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.

މަޤާމް އޮތް ޔުނިޓް:

ކޯރޕަރޭޓިވް އެފެއާޒް ޔުނިޓް

ދާއިރާ:

އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓް

މުސާރައާއި އެލަވަންސް:  

އަސާސީ މުސާރަ              4465 ރުފިޔާ

ސާރވިސް އެލވަންސް          1500 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް      700 ރުފިޔާ

ފިކްސްޑް އޯވަރޓައިމްއެލަވްންސް    745 ރުފިޔާ

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް،

ހޮނިހިރު ދުވަހު 10:00 އިން 14:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.   (މިމަޤާމުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުން ޢާއްމުގޮތެއްގައި މަހަކު 26 ދުވަހު މަސައްކަތްކުރަންޖެހޭނެއެވެ.)

ތަޢުލީމީ ފެންވަރު:

      އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ އެކައުންޓިންގ / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން ރިސޯސް މެނޭޖްމަންޓު/ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމަށް ބޭނުންވާ ހުނަރު:

 

ޚިދުމަތް ލިބިގަންނަ ފަރާތްތަކާ މުޢާމަލާތުކުރުމުގެ ހުނަރު.

މައިކްރޯސޮފްޓް ވޯޑް ، އެކްސެލް ބޭނުންކޮށްގެން ލިޔުންތައް ތައްޔާރުކުރުމާއި މަޢުލޫމާތު ލިޔެ ބަލަހައްޓަން އެނގުން.

ގަވަރަމެންޓް އީ ލެޓަރ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް) އަށް އަހުލުވެރިވުން.

ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން.    

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތަކާއި ރިޕޯޓްތައް ތައްޔާރުކޮށް، ފައިލުކޮށް ބެލެހެއްޓުން.

ކައުންސިލްގެ ބިއުރޯއާއި އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރީ އެންމެހާ މަސައްކަތްތައް ކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައްދަލުވުންތައް އިންތިޒާމް ކުރުމާއި ކޮމެޓީގެ ޔައުމިއްޔާ ލިޔެ، ފައިލުކޮށް ބެލެހެއްޓުން.

ކައުންސިލްގެ ޕާރފޯރމަންސް އިންޑެކްސްއާ ގުޅުންހުރި ލިޔުންތައް ތައްޔާރުކުރުމާއި އިދާރާއިން އަދާހަމަކޮށް ބަލަހައްޓަންޖެހޭ ތަފާސް ޙިސާބު ރެކޯޑްކޮށް، ރިޕޯޓްތައް އެކުލަވާލައި ޢާއްމުކުރަންޖެހޭ ތަފާސް ޙިސާބު ޢާއްމުކުރުން.

ތިނަދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން އެކި ފަރާތްތަކަށް ހުށަހަޅަން ބޭނުންވާ ޕްރޮޖެކްޓް ޕްރޮޕޯސަލް ޑޮކިއުމެންޓް ތައްޔާރުކޮށް، ސުޕަރވައިޒަރުގެ އިރުޝާދުގެ ދަށުން ފަންޑް ރައިޒިންގ މަސައްކަތްތައް ކުރުން.

ކައުންސިލްގެ އިދާރާއިން  ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތައްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުމާއި  މުވައްޒަފަކު ޗުއްޓީ ނެގުމުން އެމުވައްޒަފުގެ މަސައްކަތުގެ ތެރެއިން ސުޕަރަވައިޒަރު ޙަވާލުކުރާ މަސައްކަތްތައް ކުރުމާއި ކައުންސިލްގެ އިދާރާގެ އަހަރީ މަސައްކަތު ތާވަލުގައިވާ ޕްރޮގްރާމްތައް ކާމިޔާބު ކުރުމަށްޓަކައި ހިންގަން ހަމަޖައްސާ ޙަރަކާތްތައް ހިންގުމާއި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޛުކުރުމަށް މަސައްކަތްކުރުން.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން)  އޮންނާނީ، 20 ޖޫން 2021  އާއި 22 ޖޫން 2021 އާ ދެމެދު، ތިނަދޫ ކައުންސިލްގެ އިދާރާ ގައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ތަޢުލީމީ ސަނަދުތުތަކުގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

16 ޖޫން 2021 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

           

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

07 ޖޫން 2021
ހޯދާ