ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
"މެކޭނިކަލް ސަރވިސަސް ވޯކްޝޮޕް" މާރާމާތުކޮއްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި ހުންނަ މިކުންފުނީގެ "މެކޭނިކަލް ސަރވިސަސް ވޯކްޝޮޕް"ގެ ފުރާޅު، ދިޔަދޮވި، ކުލެޑިންގްސް، ތަޅުންގަނޑު އަދި ރޭމްޕް ފަދަ ތަންތަން މިކުންފުނިން ދޭ މިންގަނޑުތަކާއި އެއްގޮތަށް މަރާމާތު ކޮއްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ޖޫން 16 ވާ ބުދަދުވަހުގެ ހެދުނު 10:15 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2021 ޖޫން 30 ވާ ބުދަދުވަހުގެ ހެދުނު 10:15 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2021 ޖޫން 30 ވާ ބުދަދުވަހުގެ ހެދުނު 10:15 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337643/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.
