ދިވެހިރާއްޖެ
އިޢުލާން |
އަންދާސީހިސާބު ބޭނުންވެއްޖެ
މިމިނިސްޓްރީގެ މަސައްކަތަށް ބޭނުންވާ 10 ލެޕްޓޮޕް ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މަޢުލޫމާތު ދެވިފައިވާ ގޮތަށް 2021 ޖޫން 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
General Purpose Notebook PC
ބީލަމާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތު
ބީލަން ހުށަހަޅުއްވަންވާނީ މި އޮފީހުންދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ފުރިހަމަކޮށް ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގެ ބޭރުގައި ބީލަން ހުށައަޅާފަރާތުގެ ފުރިހަމަ ނަމާއި، ބީލަމުގެނަން ޖަހާފައެވެ. މަޢުލޫމާތު ފުރިހަމަނުވާ، ނުވަތަ ބީލަމުގައި ދެވިފައިވާ މަޢުލޫމާތާއި އެއްގޮތްނުވާ ބީލަންތައް ބާތިލްކުރެވޭނެއެވެ. ހުށަހަޅުއްވާ ބީލަމާއެކު މަދުވެގެން ތިރީގައިވާ ތަކެތީގެ ފުރިހަމަ މަޢުލޫމާތު ހުށަހަޅުއްވަން ވާނެއެވެ.
ހ. ބީލަން ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ނުވަތަ ޕްރޮފައިލް
ށ. ބީލަން ހުށަހަޅާ ފަރާތުގެ ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ
ނ. ލިބިފައިވާ ތަޖުރިބާ ސަޕޯޓިންގ ޑޮކިއުމަންޓާއެކު (ހުރިނަމަ)
ރ. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ
ބ. އެސް އެމް އީ ރަޖިސްޓްރީގެ ކޮޕީ
ޅ. ބީލަމުގެ އަގު ޖީ.އެސް.ޓީ އާއެކު
ކ. މީރާ ޓެކްސް ކްލިއަރެންސް ރިޕޯޓް (ތިންމަސް ހަމަނުވާ)
އ. ތަކެތި ސަޕްލައިކޮށްދިނުމަށް ހުށަހަޅުއްވާ މުއްދަތު ބަންދު ދުވަސްތައް ހިމަނައިގެން "ދުވަހުން"
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް :
- އަގު : 50 މާކްސް ( އެންމެ ކުޑަ އަގު / ހުށައެޅި އަގު × 50 )
- މުއްދަތު: 30 މާކްސް ( އެންމެ ކުރު މުއްދަތު / ހުށައެޅި މުއްދަތު × 30 )
- ތަޖުރިބާ : 20 މާކްސް ( ތަޖުރިބާ ، މީގެ ކުރިން މިފަދަ މަސައްކަތް ކޮށްދީފައިވާ ކަމުގެ ލިޔުންތަކަށް ބެލުމަށްފަހުއެވެ. މިގޮތުން ހުށަހަޅާ ކޮންމެލިޔުމަކަށް ލިބޭނީ 5 މާކްސް އެވެ. އެންމެ ގިނަވެގެން ލިބޭނީ 20 މާކްސް އެވެ. އަދި އެލިޔުންތަކުގައި އެ ލިއުމެއް ދެއްވި ފަރާތުގެ ތައްގަޑާއި ސޮއި އޮންނަންވާނެއެވެ. )
މަސައްކަތް ހަވާލުކުރުން
ހ. މަސައްކަތް ހަވާލުކުރެވޭނީ ބީލަމުގައި ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަނުގައި އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަށެވެ.
ށ. ބީލަން ކާމިޔާބުކުރައްވާ ފަރާތަށް އެކަން އަންގާތާ (ނުވަތަ ލެޓަރ އޮފް އެވޯޑް ފޮނުވޭތާ) ރަސްމީބަންދުނޫން 05 (ފަހެއް) ދުވަހުގެ ތެރޭ އެއްބަސްވުމުގައި ސޮއިކުރައްވަން ހާޟިރު ނުވެއްޖެނަމަ ލެޓަރ އޮފް އެވޯޑް ބާޠިލް ކުރެވޭނެއެވެ. އަދި ބީލަމުގައި ދެން ޕޮއިންޓް ލިބިފައިވާ ތަރުތީބުން މަސައްކަތް ހަވާލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމަށް ލިބިގެންވެއެވެ.
ނ. ލެޓަރ އޮފް އެވޯޑް އީމެއިލް ކުރުމުން ލެޓަރ އޮފް އެވޯޑް ހަވާލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ. މިގޮތުން ލެޓަރ އޮފް އެވޯޑް އީމެއިލް ކުރެވޭނީ ބިޑް ޑޮކިއުމެންޓްތަކާއި އެކު ދެއްވާފައިވާ އީމެއިލް އެޑްރެހަށެވެ.
އިތުރު މަޢުލޫމާތު :
ބީލަމާބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 7966634 އަށް ގުޅުއްވުން އެދެމެވެ.