މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
4 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
4 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް
ޕްރޮޖެކްޓް ރެފަރެންސް ނަންބަރު: MV-MEE-189099-CW-RFB
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
ގްރާންޓް ނަމްބަރ: D199-MV
(IUL)438-MCEP/438/2021/178 : އިޢުލާން ނަމްބަރ
ތާރީޚް: 09 ޖޫން 2021
- ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މެދުވެރިކޮށް، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.ސީ.އީ.ޕީ) ދަށުން، ޒޯން 4 އަދި 5 ގައި ހިމެނޭ ތިރީގައި މި ދަންނަވާ 4 ރަށުގައި ޤާއިމުކުރެވިފައިވާ ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 27 ޖޫން 2021 ގެ 14:00 ގެ ނިޔަލަށް އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ރެޖިސްޓަރ ވާން އެދިލައްވާ ފަރާތުގެ ނަން، ކުންފުނީގެ ރެޖިސްޓްރޭޝަން ނަމްބަރ އަދި ގުޅޭނެ ނަންބަރު ބަޔާންކޮށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
- މި މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 25،000.00 ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ.
- މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ވާރލްޑް ބޭންކް ގައިޑްލައިންސް: IDAކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - 1 ޖުލައި 2016 ގައި އިސްލާޙުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ.
- މިބީލަމާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޚުން ފެށިގެން 27 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެހެއް ކަމަށްވާ [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.
- މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 13 ޖޫން 2021 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- ވީމާ، ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 11 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިލެކްޓްރޯނިކް ޛަރީޢާއަކުން ހުށަހެޅޭ ބީލަންތައްތައް ބަލައި ނުގަނެވޭނެއެވެ. އަދި ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
- ބީލަންތައް ހުޅުވުން އޮންނާނީ 11 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ބީލަންތައް ހުށަހަޅާފަރާތްތަކުގެ މަންދޫބުންގެ ހާޟިރުގައި މިމިނިސްޓްރީގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި ލޮޓް ނަމްބަރ އަދި ބީލަން ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން، ރަސްމީ ދުވަސްތަކުގެ 09:00 އިން 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހުން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ޝަޒްލީނާ އިބްރާހިމް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ގްރީން ބިލްޑިންގ، ހަނދުވަރީ ހިންގުން
މާލެ/ ދިވެހިރާއްޖެ
ފޯން: 8441 301 00960
އީމެއިލް: [email protected]
09 ޖޫން 2021
ހޯދާ