މަޑިފުށީ ސްކޫލް، ތ. މަޑިފުށި
ދިވެހިރާއްޖެ
2021-2022 ވަނަ އަހަރުގެ ދިރާސީ އަހަރު ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ އަށް ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

2021-2022 ވަނަ އަހަރުގެ ދިރާސީ އަހަރު ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ އަށް ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

 

 

        2021-2022 ވަނަ އަހަރު ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލާއި އެއްގޮތަށެވެ.

1. އެލް.ކޭ.ޖީ އަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021  ޑިސެންބަރު 31 އަށް 5 އަހަރު ފުރޭ ދަރިވަރުންނެވެ.

2. ނަމަވެސް ނަރސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 4 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗް 2022 އަށް) 5 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައިވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުންނަމަ އެދަރިވަރަކަށް އެލް.ކޭ.ޖީ އިން ފުރުޞަތު ދެވިދާނެއެވެ.

3. މީގެ އިތުރުން ނަރސަރީ ފުރިހަމަ ކޮށްފައިނުވާ، އަލަށް ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން 1 އޯގަސްޓް 2021 އަށް 4 އަހަރު ފުރޭ  ދަރިވަރެއް ކަމުގައިވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ ސްކޫލާއި މަޝްވަރާކުރުމަށްފަހު އެދަރިވަރަކަށް އެލް.ކޭ.ޖީން ފުރުޞަތު ދެވިދާނެއެވެ.

        ވީމާ، އެލް.ކޭ.ޖީއަށް ދަރިވަރުން ވައްދަން އެދިލައްވާ ފަރާތްތަކުން  16 ޖޫން 2021 ވާ ބުދަ  ދުވަހުގެ 12:00 ގެ ކުރިން މިކަމަށްއެދޭ ފޯމް ފުރުމަށްފަހު ސްކޫލް އޮފީހަށް ހުށަހެޅުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 10 ޖޫން 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 އަށް ސްކޫލް އޮފީހުގައެވެ.

 

 ނޯޓު: 2022-2021 ވަނަ އަހަރު ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ އަށް ވަނުމުގެ ފުރުޞަތު ދެވޭނީ 1 އޯގަސްޓް 2016 އިން ފެށިގެން 2017 ޖުލައި 31 އާ ދެމެދު އުފަންވެފައިވާ ކުދިންނަށެވެ.  

 

09 ޖޫން 2021

09 ޖޫން 2021
ހޯދާ