ދިވެހިރާއްޖެ
މިއިދާރާގެ ކޮމިއުނިކޭޝަން ނިޒާމް ތަރައްޤީ ކުރުމަށް ބޭނުންވާ ބައެއް މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިއިދާރާގެ ކޮމިއުނިކޭޝަން ނިޒާމު ތަރައްޤީ ކުރުމަށްޓަކައި ސާވަރ ރޫމްގައި ކުރަންޖެހޭ ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެއެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
13 ޖޫން 2021 |
އާދީއްތަ |
11:00 |
ޕްރޮޕޯސަލް ހުށައެޅުން |
20 ޖޫން 2021 |
އާދީއްތަ |
11:00 |
ޕްރޮޕޯސަލް ހުށައެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިފައިވާ ބޭފުޅުންނަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ބަދަލުގައިކަން އެނގޭނެ ލިޔުމެއް ނުގެންނެވި ނަމަވެސް، ޕްރޮޕޯސަލް ހުށައަޅުއްވާއިރު ބަދަލުގައިނަމަ، ބަދަލުގައިކަން އެނގޭނެ ލިޔުމެއް ހުށައަޅަންވާނެއެވެ. ކުންފުންޏަކުންނަމަ، ކުންފުނީގެ ލެޓަރހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭ ގޮތަށް ލިޔުމެއް ހުށައަޅުއްވަންވާނެއެވެ.
އިތުރު މަޢުލޫމާތު |
|
އަގު |
60% |
ތަޢުލީމާއި، ތަޖުރިބާ |
10% |
ޕްރޮޕޯސަލް |
20% |
މުއްދަތު |
10% |
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީމެއެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. ތަޖުރިބާކަމަށް ބެލެވޭނީ މަސައްކަތް ކޮށްފައިވާތާކުން އެތާގެ ލެޓަރހެޑުގައި ލިޔެ އެތާގެ ތައްގަނޑު ޖަހާ ވެރިއެއްގެ ސޮއިކޮށްފައިވާ ލިޔުން ހުށައެޅުމުންނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.
27 ޝައްވާލް 1442
08 ޖޫން 2021