ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2021/119 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-61-21) PSM-PJ/2020/9 |
އިޢުލާން
- ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު
އައިއެސްޑީބީޓީ ޕްރޮޖެކްޓްގެ ޚިދުމަތް ރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކ.މާފުށިން ޕީއެސްއެމްއަށް ދޫކޮށްފައިވާ ބިން ސާފްކުރުމާއި ކަރަންޓްލުމާއި ފެންވަޅު ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL) PSM-FP/ PSM/2021/114 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބފައިނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުމަށް 2 ވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތް ކުރުމާގުޅޭގޮތުން ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، މިމަސައްކަތް ދީފައިވާ މަޢުލޫމާތާ އެއްގޮތަށްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2021 ވާ ހޯމަ ދުވަހުގެ 14:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
26 ޝައްވާލް 1442
07 ޖޫން 2021