ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ފްލޯރ މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

 ފްލޯރ މެނޭޖަރ   

ބޭނުންވާ އަދަދު

 4 ( ހަތަރެއް)

މަޤާމް ގެ ގިންތި

ވަގުތީ (4 މަސްދުވަސް)

މަޤާމުގެ ރޭންކް

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ މެޑިކަލް ފެސިލިޓީ

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް:

މަހަކު -/900 ރުފިޔާ

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.   ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

3. މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ އުސޫލުން، ރިސްކް އެލަވަންސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ހުރިހާ ކަންތައްތައް ހިނގަމުންދަނީ ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތަށްކަން ޔަގީން ކުރުމުގެގޮތުން:

ހ. ވޯޑް ތަކަށް ހަމަޖެހިފައިވާ މެޑިކަލް ސްޓާފުންނާއި ސަޕޯޓް ސްޓާފުންނާއި ބާއްވަން ޖެހޭ ގުޅުން ރަނގަޅަށް ބޭއްވުން

ށ. ސަޕޯޓް ސްޓަފުންނާއި ގުޅިގެން ކުނި މެނޭޖްކުރުމުގެ ކަންތައް ކުރިއަށް ގެންދެވެނީ ހަމަޖެހިފައިވާ އުސޫލްއާއި އެއްގޮތައްތޯ ޔަގީން ކުރުން

ނ. ލޯންޑްރީ މުވައްޒަފުންނާއި ގުޅިގެން، ވޯޑް ތަކަށް ބޭނުންވާ ލިނެން އާއި ޕޭޝަންޓް ގައުންއާއި އެހެނިހެން ތަކެތި ހުސްނުވާނެ ގޮތެއްގެ މަތިން ހަމަކޮށް ބެލެހެއްޓުން

ރ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންގެ ތެރެއިން ޚާއްޞަ ކާބޯތަކެތި ބޭނުންވާ ބަލިމީހުންގެ މަޢުލޫމާތު ދެނެގަނެ، އެފަރާތްތަކަށް ބޭނުންވާނެ ކާބޯތަކެތި ގަޑިން ގަޑިއަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން

ބ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ބަލިމީހުންނަށް ބޭނުންވާނެ ރައްކާތެރި ސާފު ބޯފެން، ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

ޅ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް ދުވަހުން ދުވަހަށް ޗެކްކޮށް، އެއްވެސް މަރާމާތެއް ކުރަންޖެހޭނަމަ އެކަމެއް މެއިންޓެނަންސް ޓީމާއި ހަވާލުކޮށްގެން ކުރުވުން.

ކ. ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ސާފުތާހިރުކަން ޗެކްކޮށް، ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ބަލި މީހުން ތިބޭ އޭރިއާ އާއި ފާޚާނާތައް ސާފުކުރުވާ، ޑިސްއިންފެކްޓް ކުރުވުން.

  1. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޢާއިލާގެ ފަރާތުން ގެންނަ ކާތަކެއްޗާއި ކެއަރ ޕެކޭޖްތަކާއި ޙަވާލުވެ، އެތަކެތި ގަޑިން ގަޑިއަށް ބަލިމީހުންނާއި ހަމައަށް ފޯރުކޮށްދީ އެކަން ޔަގީންކުރުން.
  2. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ބޭނުންކުރާ އޮކްސިޖަންފުޅި ހުސްވުމުން، ފުޅި ބަދަލުކުރުވާ، އޮކްސިޖަން ފޯރުކޮށްދޭންޖެހޭ ބަލިމީހުންނަށް ހުސްނުވެ، އޮކްސިޖަން ފޯރުކޮށްދެވޭކަން ޔަގީން ކުރުން
  3. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައިތިބޭ ބަލިމީހުންގެ މަޢުލޫމާތު ހޯދުމަށް ޢާއިލާގެ ފަރާތުން ކުރާ ފޯނު ކޯލްތަކަށް ޖަވާބުދާރީވެ، ބަލިމީހާއާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދެވުނުކަން ޔަގީންކުރުން.
  4. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ދުވަހުން ދުވަހަށް ދޭންޖެހޭ އެންމެހާ ޚިދުމަތްތައް ދިނުމަށް ބޭނުންވާނެ ތަކެއްޗާއި އިންސާނީ ވަޞީލަތް ހަމަކޮށް، ޚިދުމަތްތައް ނުހުއްޓި  ރަނގަޅަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުން.
  5. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ދިމާވާ އިމަރޖެންސީ ކަންކަމާއި ގުޅިގެން މަޢުލޫމާތު ޙިއްސާކުރަންޖެހޭ ފަރާތްތަކާއި މަޢުލޫމާތު ޙިއްޞާކުރުން.
  6. ބަލީމީހާއާއި ގުޅިގެން ކުރެވޭ ހުރިހާ މުއާމަލާތްތަކެއްގެ ރެކޯޑް ހަމަޖެހިފައިވާ އުސޫލްގެ މަތިން ބެލެހެއްޓުން
  7. ބަލީމީހާ ފެސިލިޓީއަށް ގެނައުމުގެ ކުރިން ބޭނުންވާ އެނދާއި އެހެނިހެން ވަސީލަތްތައް ހަމައަށް ހުރިކަން އެޗް.ޕީ.އޭ ގެ ފޯކަލް ޕޮއިންޓަށް އެންގުން
  8. ލެބޯޓްރީ ސާމްޕަލް މާލެއަށް ފޮނުވަން ޖެހޭ ހާލަތްތަކުގައި ސާޕްމަލް މާލެ ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން
  9. މެޑިކަލް ފެސިލިޓީގެ ޖެނެރަލް ސްޓޮކް މެއިންޓެއިންކޮށް ބެލެހެއްޓުމާއި، ވޯޑް ތަކަށް ބޭނުންވާ ތަކެތި ހުސްނުވާނެ ގޮތެއްގެ މަތިން އޯޑަރކޮށް ބެލެހެއްޓުން
  10. ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ފެސިލިޓީގެ ސެކިއުރިޓީ ކަންތައްތައް ކުރިއަށްދާ ގޮތް ބެލެހެއްޓުން
  11. މީގެ އިތުރުންވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ދިމާވާ ކަންތައްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް އޮންނަ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ކުރުން.  

މަޤާމުގެ ޝަރުތު

  1.  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް7 ނުވަތަ 8ގެ ސަނަދެއް ޙާޞިލްކޮށްފައިވުން  

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖޫން 13 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ 04-01-E) އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2021 ޖޫން 15 އާއި 17 ޖޫން 2021 އާ ދެމެދު، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުގައެވެ.

 

08 ޖޫން 2021
ހޯދާ