ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާއާބެހޭ އާންމު ގަވާއިދުގެ ދަށުން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ޝަކުވާ ހުށަހެޅުން

އިޢުލާން

      ވަޒީފާ އަދާކުރާ ފަރާތްތަކަށް ދޭންޖެހޭ މުސާރައާއި، ރަމަޟާންމަހުގެ ޢިނާޔަތާއި، އެނޫންވެސް ޢިނާޔަތްތައް، ވަޒީފާދޭ ފަރާތުން ގަވާއިދުން މުވައްޒަފުންނަށް ދެމުން ނުދާނަމަ، ވަޒީފާއާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު: 2021/R-63) ގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެކަމުގެ ޝަކުވާ، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހެޅޭނެ ނިޒާމް ޤާއިމު ކުރެވިފައިވެއެވެ.

      ޝަކުވާ ހުށަހެޅުމަށް ޚާއްޞަކުރެވިފައިވާ ފޯމް، 8 ޖޫން 2021 ވަނަ ދުވަހުން ފެށިގެން، މިއޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިއޮތޯރިޓީގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

      ޝަކުވާގެ ފޯމް ސީދާ މި އޮތޯރިޓީއަށް ހުށަހެޅުމުގެ އިތުރުން، މިއޮތޯރިޓީގެ ވެބްސައިޓް (https://lra.gov.mv/dv/complaint-form/) މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ.

      އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، [email protected] އަށް އީމެއިލް ކުރުމުން ސާފުކޮށްދެވޭނެއެވެ.

08 ޖޫން 2021
ހޯދާ