ދިވެހިރާއްޖެ
އިޢުލާން
ރީޖަނަލް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
މިކުންފުނީގެ ނަންބަރު RACL/IUL(PROC)/2021/12 އިޢުލާން މަސައްކަތުގެ ސްކޯޕަށް ބަދަލުއައުމާ ގުޅިގެން އެ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މިކުންފުނިން ދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި ހދ. ހަނިމާދޫ އެއަރޕޯޓުގައި ފަޔަރ ޓްރެއިނިންގ ގްރައުންޑެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއެވެ.
މި މަސައްކަތާ ގުޅޭ ޓަރމްސް އޮފް ރިފަރެންސް މި އިޢުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 13 ޖޫން 2021 ވަނަ ދުވަހުގެ 11:00 އަށް ހދ. ހަނިމާދޫ އެއަރޕޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. ބިޑު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ބިޑުތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައިގައެވެ. ބިޑު ހުށަހަޅާ ސިޓީ އުރަތައް ހުންނަންވާނީ ތިރީގައިވާ ގޮތަށް ލޭބަލް ކުރެވިފައެވެ.
ބިޑުގެ ނަން
ބިޑު ހުށަހަޅާ ފަރާތުގެ ނަން
އިޢުލާން ނަންބަރު
ބިޑުގެ ރިފަރެންސް ނަންބަރު
ތާރީޚު
އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 13 ޖޫން 2021 ވަނަ ދުވަހުގެ 11:00 ގައި ހަނިމާދޫ އެއަރޕޯޓްގައެވެ.
މި މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ނުވަތަ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 9999609 އަށް ގުޅުއްވުން އެދެމެވެ.
8 ޖޫން 2021