ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
މިޓްރައިބިއުނަލްގެ އޮފީސް އިމާރާތް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ

ނަންބަރު: 223/1/2021/16(IUL)

ތާރީޚް:  07 ޖޫން 2021

މިޓްރައިބިއުނަލްގެ އޮފީސް އިމާރާތް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

        މި ޓްރައިބިއުނަލްގެ އޮފީސް އިމާރާތް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާތީ މި ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. 

           

ބީލަން ހުށަހެޅުން

ތަން

ތާރީޚާއި ގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލް

(ގ.މާގަހަ ތިންވަނަ ފަންގިފިލާ)

16 ޖޫން 2021، 10:00 ގައި

        މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކުވަނީ ހިމެނިފައެވެ.

        މި ބީލަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ، 14 ޖޫން 2021 ގެ 13:00 ގެ ކުރިން މި ޓްރައިބިއުނަލްގެ [email protected]  އީމެއިލްއަށް މެއިލްކުރެއްވުން އެދެމެވެ.

        ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާ އެއްގޮތްވާގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ

      26 ޝައްވާލް 1442

      07  ޖޫން 2021

07 ޖޫން 2021
ހޯދާ