އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ދިގުރަށު ލޭންޑްޔޫން ޕްލޭން ރިވިއު ކުރުން

އދ.ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް/ދިވެހިރާއްޖެ.

ނަންބަރު:(IUL)353/2021/1

 

 

އިޢުލާން

 

 

 

އދ، ދިގުރަށު ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމާބެހޭ

މިހާރު ބޭނުންކުރަމުންދާ، އދ. ދިގުރަށުގެ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް ބައެއް ބަދަލުތައް ގެންނަން ވަނީ ބޭނުންވެފައެވެ.

ވީމާ، ތިރީގައިވާ މަޢުލޫމާތުގެމައްޗަށް ބިނާކޮށް، އދ. ދިގުރަށު ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް އަލުން ހަދައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކޮށްދޭނެ އަގާއި މުއްދަތު ބަޔާންކޮށް 28 ޖޫން 2021 ވާ ހޯމަ ދުވަގުގެ 13:00 ގެ ކުރިން މި އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ސިޓީ މެއިލް މުރައްވާނަމަ، ކުރައްވާނީ [email protected]  އަށެވެ.

  1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކަށައަޅާފައިވާ ޤަވާއިދުތަކާއި މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށް ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމުގެ އެންމެހާ މަރުޙަލާތަކެއް ގެންދިއުން.
  2. ކައުންސިލުން ނުވަތަ ރައްޔިތުން ބޭނުންވާ ކަންކަމުގެ މައްޗަށް، ލޭންޑް ޔޫޒް ޕްލޭން ބިނާކުރުން
  3. ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމަށްފަހު، ފާސްކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ކުރެހުންތައް ތައްޔާރުކޮށްދިނުން.
  4. ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމަށްފަހު ފާސްކުރުމަށް ހުށަހެޅުމުން، އިސްލާޙްކުރުމަށް އަންގާ ކަންމާގުޅޭ ބަދަލުތައް ޕްލޭނަށް ގެނެސް، ފާސްކުރެވެންދެން މަސައްކަތްކޮށްދިނުން.

26 ޝައްވާލު 1442

7 ޖޫން 2021

 

އިބުރާހީމް ޢުޘްމާން

ކައުންސިލްގެ ރައީސް

07 ޖޫން 2021
ހޯދާ