މަޤާމު
|
ސަޕޯޓް ސްޓާފް
|
ބޭނުންވާ އަދަދު
|
10 ( ދިހައެއް)
|
މަޤާމް ގެ ގިންތި
|
ވަގުތީ (4 މަސްދުވަސް)
|
މަޤާމުގެ ރޭންކް
|
އެސް. އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 2
|
ޑިވިޝަން / ސެކްޝަން
|
މެއިންޓެނަންސް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ހުޅުމާލެ ހޮސްޕިޓަލް / ހުޅުމާލެ މެޑިކަލް ފެސިލިޓީ
|
މުސާރަ:
|
މަހަކު -/3470 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/1000 ރުފިޔާ
|
ސަޕޯރޓިންގ ކޯ އެލަވަންސް:
|
މަހަކު -/1200 ރުފިޔާ
|
އިތުރު އިނާޔަތްތައް
|
1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
3. މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ އުސޫލުން، ރިސްކް އެލަވަންސް
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކުރަން ހުންނަ މަރާމާތު މަސައްކަތްތައް ސްޕަރވައިޒަރުން އަންގަވާ ގޮތެއްގެމަތީން ކުރުން.
- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކުރަން ހުންނަ އިލެކްޓްރިކަލް މަސައްކަތްތައް ސްޕަރވައިޒަރުން އަންގަވާ ގޮތެއްގެމަތީން ކުރުން.
- ހުޅުމާލެ ހޮސްޕިޓަލާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑްގެ ބަލި މީހުންނަށް ޚާއްޞަކުރެވިފައިވާ އޭރިއާގައި ބޭނުންކުރާ އޮކްސިޖަން ސިލިންޑަރު ހުސްވުމުން، ހުސްވާ ފުޅި ބަދަލުކޮށް، އޮކްސިޖަންސިލިންޑަރ އުފުލުން.
- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކުރަން ހުންނަ މެކޭނިކަލް މަސައްކަތްތައް ސްޕަރވައިޒަރުން އަންގަވާ ގޮތެއްގެމަތީން ކުރުން.
- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކުރަން ހުންނަ އެއަރކަންޑިޝަނިންގ މަސައްކަތްތައް ސްޕަރވައިޒަރުން އަންގަވާ ގޮތެއްގެމަތީން ކުރުން.
- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކުރަން ހުންނަ ޕްލަމްބިންގ މަސައްކަތްތައް ސްޕަރވައިޒަރުން އަންގަވާ ގޮތެއްގެމަތީން ކުރުން.
- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހުންނަ ، ރޫޓިންގ މަސައްކަތްތައް ޗެކުކޮށް އަދި ސާރވިސްކުރަން ޖެހޭ، މެޝިނަރީޒް އަދި އިކުއިޕްމަންޓްތައް ސްޕަރވައިޒަރުން އަންގަވާ ގޮތެއްގެމަތީން ސާރވިސްކޮށް ބަލަހައްޓާ މަސައްކަތުގެ ލޮގް ބެލެހެއްޓުން.
- ހޮސްޕިޓަލް އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ބެކްއަޕް ޖެނެރޭޓަރތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ރޫޓިންގކޮށް ކުރަންޖެހޭ މެއިންޓެނަންސް ސާރވިސް ކުރުމަށް ބޭނުންވާ އެހީތެރިކަންދިނުން.
- ހޮސްޕިޓަލް އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ލޯންޑްރީ މެޝިނަރީޒްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ރޫޓިންގކޮށް ކުރަންޖެހޭ މެއިންޓެނަންސް ސާރވިސް ކުރުމަށް ބޭނުންވާ އެހީތެރިކަންދިނުން.
|
މަޤާމުގެ ޝަރުތު
|
އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަން ކިޔަން އެނގުމާއި އެކު އިނގިރޭސިބަހުން ލިޔެފައި ހުންނަ ތަކެތި ރަނގަޅަށް ކިޔަން އެނގުން
ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަޤާމުގެ މަސައްކަތްކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ތަޢުލީމީ ރޮނގުތައް
ނެތް
|
ގުޅޭ ވަޒީފާގެ ދާއިރާ
|
ނެތް
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ތަޖުރިބާ
- މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖޫން 14 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ 04-01-E) އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.
|
މަޢުލޫމާތު ސާފުކުރުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
|
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2021 ޖޫން 16 އާއި 21 ޖޫން 2021 އާ ދެމެދު، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުގައެވެ.
|